Advertisement
ކ. މާލެ
|
24 ޖުލައި 2023 | ހޯމަ 17:28
އާރުޓީއެލްގެ ފެރީތަކެއް
އާރުޓީއެލްގެ ފެރީތަކެއް
އެމްޓީސީސީ
ޒޯން 1 ގެ އާރުޓީއެލް
ޒޯން 1 ގެ އާރުޓީއެލްއާ ގުޅޭގޮތުން ސޯޝިއޯ އިކޮނޮމިކް ސްޓަޑީޒް ހެދުމަށް އެފްޖޭއެސް ކޮންސަލްޓިންގ އަށް
ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި، މުޖުތަމައުގައި ހިމެނޭ އެކިއެކި ފަރާތްތަކަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ވިޔަފާރިތަކަށާއި ތަފާތު ސިނާއަތްތަކަށް ކުރާ އަސަރުތައް ދެނެގަންނާނެ

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ޕްރޮޖެކްޓް، ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް)އާ ގުޅޭގޮތުން ސޯޝިއޯ- އިކޮނޮމިކް ސްޓަޑީއެއް ޒޯން 1 (ހއ، ހދ އަދި ށ) ގެ ރަށްރަށުގައި, ޖުލައި އަދި އޮގަސްޓުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ މިދިރާސާކުރުމަށް ޕްލޭނިންގ މިނިސްޓްރީން އެފްޖޭއެސް ކޮންސަލްޓިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވާކަމަށެވެ.

މި ސްޓަޑީގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އާރުޓީއެލް ފެރީގެ ޚިދުމަތް ބޭނުންކުރާ އެކި ފަރާތްތަކަށާއި، ރައްޔިތުންނަށް ބޭނުންވާ އެކި ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކަށާއި، މި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކަށާއި، މުޖުތަމައުގައި ހިމެނޭ އެކިއެކި ފަރާތްތަކަށާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި ވިޔަފާރިތަކަށާއި ތަފާތު ސިނާއަތްތަކަށް ކުރާ އަސަރުތައް ދެނެގަތުން ހިމެނެއެވެ. މިގޮތުން މިކަންކަން ދެނެގަތުމަށް ސަރވޭ، ފޯކަސް ގްރޫޕް ޑިސްކަޝަންސް އަދި އިންޓަވިއު ކޮށްގެން، އާރުޓީއެލްގެ ޚިދުމަތުގެ ސަބަބުން ސީދާ އަދި ނުސީދާކޮށް ޚިދުމަތުގެ އަސަރުކުރާ ފަރާތްތަކުގެ މައުލޫމާތު ހޯދާނެއެވެ.

Advertisement

މި ދިރާސާއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެފްޖޭއެސް ކޮންސަލްޓިންގ އަށް އެއްބާރުލުން ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މި މަޝްރޫއުގެ ފޭސް 1 ގެ ދަށުން، ޒޯން 1 ގެ ހއ، ހދ އަދި ށ އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޚިދުމަތް ދޭން ފަށާފައެވެ. މީގެ އިތުރުން ޅ އަތޮޅާއި ގއ އަދި ގދ އަތޮޅުގައިވެސް އަންނަނީ މި ޚިދުމަތް ދެމުންނެވެ.

މި މަޝްރޫއުގެ ފޭސް 2 އަދި ފޭސް 3 ގައި 17 އަތޮޅަށް ޚިދުމަތް ދޭންފަށައި، މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާތަކެއް ކުރާނެ ޚިދުމަތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް