Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 18:34
މަނަދޫގައި އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތުގެ ތެރެއިން
މަނަދޫގައި އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތުގެ ތެރެއިން
ރާއްޖެ އެމްވީ
އެމްޑީޕީ
މަނަދޫގައި އެމްޑީޕީގެ ބޮޑު ދިދަ ނެގުން ބާއްވައިފި
ދިދަ ނެގީ އެމްޑީޕީގެ ގަރުގޭގައި

ނ އަތޮޅު މަނަދޫގައި އެމްޑީޕީގެ ބޮޑު ދިދައެއް ނެގުން ބާއްވައިފިއެވެ.

މި ދިދަ ނެގުން އޮތީ އެމްޑީޕީ ހަރުގޭގައި ހޮނިހިރު ދުވަހު ހަވީރު 4:30 ގައެވެ.

ދިދަ ނަންގަވައިދެއްވީ އެޕާޓީގެ ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި އެމްޑީޕީގެ އަންހެނުންެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ މޭޔަރ ސިފާ މުހައްމަދެވެ.

މީގެ އިތުރުން އަތޮޅުތަކަށް ދަތުރުކުރަމުންދާ ގުޅިފައިވާ ޕާޓީތަކުގެ މަނަދޫއަށް ވަޑައިގެންނެވި ޓީމުގައި ހިމެނިވަޑައިގަންނަވާ އެހެން ޕާޓީ ތަކުގެ ބޭފުޅުންވެސް ވަޑައިގެންނެވިއެވެ. އަދި މަނަދޫގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސްބައެއް ފަރާތްތައްވެސް ބައިވެރިވިއެވެ.

މިރޭ މަނަދޫގައި ގުޅިފައިވާ ޕާޓީތަކުން ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އޮންނާނީ މަނަދޫ ބަނދަރު ސަރަހައްދުގައި މިރޭ 9:30 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް