ކ. މާލެ
|
23 ޖުލައި 2023 | އާދީއްތަ 20:52
އާނައުޓް ޑަންޖޫމާ
އާނައުޓް ޑަންޖޫމާ
ޓްވީޓަރ
އެވަޓަން
ލޯނު އެއްބަސްވުމެއްގެ ދަށުން ޑަންޖޫމާ، އެވަޓަންއަށް
ނިމުނު ސީޒަނުގައި އޭނާ ވަނީ ސްޕާސްއަށްވެސް ކުޅެފައި

ލޯނު އެއްބަސްބުމެއްގެ ދަށުން ވިޔަރެއާލްއިން އާނައުޓް ޑަންޖޫމާ ގެނައުމުގެ މަސައްކަތް އެވަޓަންއިން ކާމިޔާބުކޮށްފިއެވެ.

ނެދަލޭންޑްސްގެ ފޯވާޑް ވަނީ މިދިޔަ ޖެނުއަރީ މަހުވެސް އެވަޓަންއާ ގުޅުމަށް ނިންމާފައެވެ. ނަމަވެސް، ފަހުވަގުތު ޓޮޓެންހަމުން ހުށަހެޅުމުން އޭނާ ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވީ ޓޮޓެންހަމަށެވެ.

ސްޕާސްއަށް އޭނާ ކުޅެފައިވަނީ ނުވަ މެޗެވެ. އޭނާ ބުނިގޮތުގައި ޖެނުއަރީގައި އެވަޓަންއަށް ބަދަލުނުވީ މެނޭޖްރިއަލް ހާލަތާމެދު ނުތަނަވަސްކަން އުފެދިފައިވާތީއެވެ. އެގޮތުން، ޖެނުއަރީ 23 ވަނަ ދުވަހު ފްރޭންކް ލަމްޕާޑް ވަނީ މަގާމުން ވަކިކޮށްފައެވެ.

ޑަންޖޫމާއަކީ މި ހޫނުމޫސުމުގައި އެވަޓަންއިން ސޮއިކުރި ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އެ ޓީމުން ވަނީ ތަޖުރިބާކާރު ފުލްބެކް، އޭޝްލީ ޔަންގް ސޮއިކޮށްފައެވެ.

ޑަންޖޫމާ ވަނީ ނެދަލޭންޑްސްއަށް ހަ މެޗު ކުޅެދީފައެވެ. އަދި އޭނާއަކީ ވިޔަރެއާލްގައިވެސް މީގެކުރިން މުހިންމު ދައުރެއް އަދާކޮށްފައިވާ ކުޅުންތެރިއެކެވެ. އެވަޓަންއަކީ އޭނާ ޕްރިމިއަރ ލީގުގައި ކުޅޭ ތިންވަނަ ޓީމެވެ. 2019 ވަނަ އަހަރު ބޯންމައުތާ ގުޅުމަށްފަހު އެ ޓީމު ދޫކޮށްލައި، ސްޕެނިޝް ލީގަށް ދިޔައީ 2021 ވަނަ އަހަރުއެވެ.

އައު ސީޒަނުގެ ފުރަތަމަ މެޗުގައި އެވަޓަން ނިކުންނާނީ ފުލަމް އާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އޮގަސްޓް މަހު 12 ވަނަ ދުވަހުއެވެ.

- ކޮމެންޓް