އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އޭނާގެ މިހާރުގެ ކުލަބު އެމެރިކާގެ އިންޓަ މިއާމީ އަށް ރޭ ކުޅުނު ފުރަތަމަ މެޗު ބެލުމަށް ގިނަ އަދަދެއްގެ ސެލެބްރިޓީން ގޮސްފި އެވެ.
އިންޓަމިއާމީގެ ޑްރައިވް ޕިންކް ސެޓޭޑިއަމަށް ގޮސްފައިވާ އެންމެ މަޝްހޫރު އެއް ތަރިއަކީ މިއާމީގެ އެއް ހިއްސާދާރު އަދ އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެވެ. އޭނާއާއެކު އޭނާގެ މަޝްހޫރު އަންހެނުން އަދި ކުރީގެ ޕޮޕް ލަވަކިއުންތެރިޔާ ވިކްޓޯރިއާ ބެކަމް ވެސް ދަނޑަށް ދިޔަ އެވެ.
23 ފަހަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ ޓެނިސް ލެޖެންޑް ސެރީނާ ވިލިއަމްސް ވެސް މިއާމީގެ ދަނޑަށް ދިޔަ އެވެ. އަދި މެޗުގެ ކުރިން އެމެރިކާގެ މަޝްހޫރު ލަވަކިއުންތެރިޔާ ރެބެއްކާ މޭރީ ގޮމޭޒް ލަވަ ހުށަހަޅައިދިނެވެ.
ބާސްކެޓްބޯޅައިގެ ރަސްގެފާނު ކަމަށް ގިނަ ބަޔަކު އެއްބަސްވާ މަޝްހޫރު ލެބަރަން ޖޭމްސް ވަނީ މެޗުގެ ކުރިން މެސީއާ ބައްދަލުކޮށް ފޮޓޯ އާއްމުކޮށްފަ އެވެ.
އަދި އެމެރިކާގެ މަޝްހޫރު ރިއަލިޓީ ސްޓާރ ކިމް ކަރްދާޝިއަން ވެސް އޭނާގެ ދެ ކުދިން ގޮވައިގެން ދަނޑަށް ދިޔަ އެވެ.
އަހަރެން އުފާކުރަން އަހަރެންގެ ދެ ކުދިން ފުޓްބޯޅަ އަށް ލޯބިކުރާތީވެ. އަހަރުމެން މިތަނަށް މިއައީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކުޅޭތަން ބަލަންކިމް ކަރްދާޝިއަން
މީގެ އިތުރުން މެސީގެ ކުރީގެ ޓީމް މޭޓުން ކަމަށްވާ ސާޖިއޯ އަގުއެރޯ އާއި މެސީ ރޮޑްރިގޭޒް ފަދަ ކުޅުންތެރިން ވެސް ދަނޑަށް ދިޔަ އެވެ.
މެސީ މި މެޗުން މިއާމީ މޮޅުކޮށްދިނީ އެންމެ ފަހު ވަގުތު ލިބުނު ހިލޭ ޖެހުމަކުންނެވެ.