ކ. މާލެ
|
21 ޖުލައި 2023 | ހުކުރު 20:02
ޕީއެސްޖީގެ ފަރިތަކުރުންތަކުގައި އެމްބާޕޭ އާއި ނޭމާ
ޕީއެސްޖީގެ ފަރިތަކުރުންތަކުގައި އެމްބާޕޭ އާއި ނޭމާ
ރޮއިޓާސް
އެމްބާޕޭ
އެމްބާޕޭ ޕީއެސްޖީގެ ފަރިތަކުރުންތަކަށް ނިކުންނަން ފަށައިފި
 
އޭނާ އަލުން ފަރިތަކުރުން ތަކުގައި ބައިވެރިވެފައިވަނީ ބުރާސްފަތި ދުވަހު

އެމްބާޕޭގެ އެއްބަސްވުމާ މެދު ކުލަބާއެކު ދެބަސްވުމަކަށް އައިސް ނުތަނަވަސްކަން އުފެދިފައިވީނަމަވެސް، ޕީއެސްޖީގެ ފަތިތަކުރުންތަކުގައި އަލުން ބައިވެރިވާން ފަށައިފިއެވެ.

ޗުއްޓީ ހޭދަކުރުމަށްފަހު އޭނާ އަލުން ފަރިތަކުރުން ތަކުގައި ބައިވެރިވެފައިވަނީ ބުރާސްފަތި ދުވަހުއެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި އެމްބާޕޭއާ ދެމެދު އޮތް ގުޅުން ހީނަރުވީ އަންނަ ސީޒަން ނިމުމުގެ ކުރިން ހަމަވާ އެއްބަސްވުން އައު ނުކުރާނެ ކަމަށް ފޯވާޑް ބުނުމުންނެވެ.

އެމްބާޕޭ އެއްބަސްވުން އައުނުކޮށްފިނަމަ، 2024 ވަނަ އަހަރުގެ ޖޫން މަހު އޭނާ އަށް އެހެން ކުލަބަކަށް ހިލޭ ދެވޭނެއެވެ. ހިލޭ ޓްރާންސްފަރ އެއްގައި އޭނާ ޕީއެސްޖީ ދޫކޮށްލައިފިނަމަ އެ ޓީމަށް ބޮޑު ގެއްލުމެއް ވާނެއެވެ. އޭނާ ގެނައުމަށް ޕީއެސްޖީން ވަނީ 180 މިލިއަން ޔޫރޯ ހޭދަކޮށްފައެވެ. ޕީއެސްޖީގެ ރައީސް ނާސިރު އަލް ޚަލައިފީ ވަނީ އޭނާ ހިލޭ ދޫކޮށްނުލާނެ ކަމަށް ބުނެފަ އެވެ.

ޕީއެސްޖީން ވަނީ މި ހޫނުމޫސުމުގައި ގިނަ ކުޅުންތެރިންތަކެއްގެ ސޮއިހޯދާފައެވެ. އޭގެތެރޭގައި، ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑެޒް އާއި ދެކުނު ކޮރެއާގެ ލީ ކޭންގް އިން އާއި ރެއާލް މެޑްރިޑަށް ކުޅުނު މާކޯ އަސެންސިއޯގެ އިތުރުން ސްޕޯޓިންގ ލިސްބަން އަށް ކުޅުނު އުގާޓޭ ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، އެ ޓީމުން ވަނީ ކޯޗަކަށް ލުއިސް އެންރީކޭ ހަމަޖައްސާފައެވެ.

އެމްބާޕޭ ހޯދުމަށް ގިނަ ކުލަބުތަކަކުން މަސައްކަތް ކުރާއިރު، އެންމެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވަނީ ރެއާލް މެޑްރިޑުންނެވެ. އެމްބާޕޭ ބަދަލުވުން އެންމެ ގާތީވެސް ރެއާލް މެޑްރިޑަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް