ހުކުރު ދުވަހު މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ނަމަވެސް ހޮނިހިރު ދުވަހު މުޅި ރާއްޖެއަށްވެސް ވިލާ މަދުވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށެވެ. އަދި ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި ވިލާގަނޑުގައި ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.