Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 13:14
މިއީ އަލްއައިނުގެ ފަރާތުން ދޭ ދަތުރެއް
މިއީ އަލްއައިނުގެ ފަރާތުން ދޭ ދަތުރެއް
ރާއްޖެއެމްވީ
އުމްރާ ދަތުރު
ރާއްޖެޓީވީގެ ފުރަތަމަ އުމްރާ ދަތުރު ނާޒް އަށް!
މި ދަތުރަށް ފަހު ކޮންމެ އަހަރަކު ވެސް ދެ އުމްރާ ދަތުރުު މުވައްޒަފުންނަށް ލިބޭނެ
އުމްރާ ދަތުރު ލިބުނީ އެގްޒެކެޓިވް ޑިރެކްޓަރ ނާޒްމީ ސައީދަށް
މިއީ އަލްއައިނުގެ ފަރާތުން ދޭ އުމްރާ ދަތުރުތަކެއް

އަލް އައިނު ހައްޖު އުމްރާ ގްރޫޕުން ރާއްޖެޓީވީގެ މުވައްފަޒުންނަށް އުމްރާ ދަތުރެއް ހިލޭ ދީފި އެވެ.

 ރާއްޖެޓީގައި ކުރިއަށްދިޔަ ހަފްލާގައި އަލް އައިނު ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ރަޝީދު ވިދާޅުވީ، ރާއްޖެޓީވީއަށް މިދިން ފުރުސަތުގެ ދަށުން ކޮންމެ އަހަރު ދެ އުމްރާ ދަތުރު ހިލޭ ލިބިގެންދާނެ ކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ އުމްރާ އާއި މަރޗު މަހު ނުވަތަ ޑިސެމްބަރު މަހުގެ އުމްރާއިން ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

" ކޮންމެ އަަހަރަކު ވެސް ދެ ޖާގަ ރާއްޖެޓީވީގެ މުވައްޒަފުންނަށް ލިބިގެންދާނެ. މިއީ ރާއްޖެޓީވީއާ އަލް އައިނާ މެދުގައި އޮތް ގާތްގުޅުމުގެ ސަބަބުން ކުރަން ނިންމާފައިވާ ކަމެއް،" ޝައިޚް ހުސައިން ރަޝީދު ވިދާޅުވި އެވެ.

ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) ވިދާޅުވީ، ރާއްޖެޓީވީގެ މުވައްޒަފުންނަށް ދެ ފަހަރު އުމްރާއަް ދެވޭނެ ގޮތްތަކެއް ފަހިވުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި މިއީ މުވައްޒަފުންނަށް ލިބިގެންދާނެ ވަރަށް ރަގަޅު ފުރުސަތެއް ކަމަށެވެ.

" އުމްރާ ދަތުރުގެ ތެރެއިން ފުރަތަމަ ލިބުނު ދަތުރުގައި ދިއުމަށް ހަމަޖެހިފައި ވަނީ ރާއްޖެޓީވީގެ އެގްޒެކެޓިވް  ޑިރެކްޓަރ ނާޒްމީ ސައީދު. އޭނާ ފުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރުގައި،" ފިޔާޒް ވިދާޅުވި އެވެ.

ރާއްޖެޓީވީގެ މުވައްޒަފުންގެ ތެރެއިން ފުރަތަމަ އުމްރާ ދަތުރުގައި އެގްޒެކެޓިވް ޑިރެކްޓަރ ނާމްޒީ ސައީދު ދިއުމަށް ކަނޑައަޅާފައިވާ އިރު އޭނާ އަށް ވަނީ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން، ވާހަކަދައްކަވަމުން ނާޒްމީ ވިދާޅުވީ، މިފަދަ ފުރުސަތެއް ލިބުމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 ޖުލައި 2017 | ހޮނިހިރު 13:41
އިބުރާހިމް ދީދީ
މީހުންގެ ނަންތައް ފުރިހަމަޔައްލިޔޭ