Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 13:13
ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ގދ. އަތޮޅުގެ ހަތަރު ރަށަށް ޒިޔާރަތްކުރުން
ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ގދ. އަތޮޅުގެ ހަތަރު ރަށަށް ޒިޔާރަތްކުރުން
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ގުޅިފައިވާ ސިޔާސީ ޕާޓިތަކުން ގދ. އަތޮޅުގެ ހަތަރު ރަށެއްގެ ރައްޔިތުންނާއި ބައްދަލުކޮށްފި
ޖަލްސާ އޮންނާނީ ގައްދޫ އެމްޑީޕީ ހަރުގޭގައި މިރޭ
ރަށްރަށުން ވަރަށް ހޫނު މަރުހަބާއެއް މިޓީމަށް ކިޔާފައިވޭ
މިޓީމް ޒިޔާރަތްކޮށްފައިވަނީ މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ، އަދި ފަރެސް މާތޮޑާއަށް

ގުޅިފައިވާ ސިޔާސީ ޕާޓިތަކުގެ ޓީމްތަކުން ގދ. އަތޮޅުގެ ހަތަރު ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކޮށްފި އެވެ.
 

ހޮނިހިރު ދުވަހު ހެނދުނު މިޓީމުން އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ މަޑަވެލި، ހޯޑެއްދޫ، ނަޑެއްލާ، އަދި ފަރެސް މާތޮޑާއަށެވެ. އެއަށްފަހު މިއަދު ހަވީރު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ގައްދޫއަށެވެ.

 

މިރަށްރަށަށް ޒިޔާރަތްކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ފަރާތްކާއި ބައްދަލުކޮށް ރައްޔިތުންނަށް ގައުމުގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތުވަނީ ހިއްސާކޮށްފައެވެ.

 

މިބައްދަލުވުންތަކުގައި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރ އަބްދުﷲ ކަމާލުއްދީނާއި އަދާލަތު ޕަޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފާއި ޕާޓީތަކުގެ އިސްވެރިން ބައިވެރިވިއެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބާއްވާ ބޮޑު ޖަލްސާ މިރޭ ގދ.ގައްދޫގައި އޮންނާނެއެވެ.

 

މިޖަލްސާ އޮންނާނީ ގައްދޫ އެމްޑީޕީ ހަރުގޭގައި މިރޭ 21:00 ގައެވެ.  

 

މިއީ ފާއިތުވި އަހަރުތަކުގައި ގުޅިފައިވާ ޕާޓީތަކުން ގައްދޫގައި މިގޮތަށް ބާޢްވާ ފުރަތަމަ ޖަލްސާއެވެ. މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވާހަކަދައްކަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް