Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 10:14
ތިނަދޫއިން އަލަށް އެމްޑީޕީއާ ގުޅުނު ފަތާތްތަކުގެ ފޯމް ހަވާލުކުރުން
ތިނަދޫއިން އަލަށް އެމްޑީޕީއާ ގުޅުނު ފަތާތްތަކުގެ ފޯމް ހަވާލުކުރުން
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ގދ. ގައްދޫގައި ގުޅިފައިވާ ޕާޓީތަކުން ބާއްވާ ބޮޑު ޖަލްސާ މިރޭ!
ޖަލްސާ އޮންނާނީ ގައްދޫ ހަރުގޭގައި

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބާއްވާ ބޮޑު ޖަލްސާ މިރޭ ގދ. ގައްދޫގައި އޮންނާނެއެވެ.

 

މިޖަލްސާ އޮންނާނީ ގައްދޫ އެމްޑީޕީ ހަރުގޭގައި މިރޭ 21:00 ގައެވެ.  

 

މިއީ ފާއިތުވި އަހަރުތަކުގައި ގުޅިފައިވާ ޕާޓީތަކުން ގައްދޫގައި މިގޮތަށް ބާއްވާ ފުރަތަމަ ޖަލްސާއެވެ. މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވާހަކަދައްކަވާނެއެވެ.

 

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި އަދަލާތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފް ވެސް ބައިވެރިވާނެއެވެ.

 

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުން ވެސް މިޖަލްސާގައި ވާހަކަ ދައްކަވާނެއެވެ.

 

ރާއްޖޭގެ ތިން ސަރަހައްދަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ބާއްވަމުންދާއިރު ގއ. ވިލިނގިލީގަ އާއި ގދ. ތިނަދޫގައި ވަނީ ޖަލްސާއެއް ބާއްވާފައެވެ

 

ތިނަދޫގައި ބޭއްވި ޖަލްސާގައި ވަނީ އެމްޑީޕީ އާއި އަލަށް ގުޅުނު ފަރާތްތަކުގެ ފޯމް ވަނީ ހަވާލުކޮށްފައެވެ. މިފޯމާއި ހަވާލުވެވަޑައިގެންނެވީ އެމްޑީޕީ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރމަން އަބްދުﷲ ޝާހިދުއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް