ކ. މާލެ
|
19 ޖުލައި 2023 | ބުދަ 08:21
ރަޝްފޯޑާއި ޓެން ހާގް
ރަޝްފޯޑާއި ޓެން ހާގް
މެންޗެސްޓާ ޔުނައިޓެޑް
މާކަސް ރަޝްފޯޑް
މެންޗެސްޓަރ ޔުނައިޓެޑާއެކު ރަޝްފޯޑް އެއްބަސްވުން އައުކޮށްފި
ރަޝްފޯޑް ވަނީ ޔުނައިޓެޑަށް 359 މެޗު ކުޅެދީފަ

މެންޗެސްޓަރ ޔުނައިޓެޑާއެކު މާކަސް ރަޝްފޯޑް އައު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންގްލެންޑުގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މިއާއެކު އޭނާ 2028 ވަނަ އަހަރާ ހަމައަށް ކުލަބުގައި މަޑުކުރާނެއެވެ. ޒުވާން އުމުރުގައި 2016 ވަނަ އަހަރު އެ ކުލަބަށް ނުކުތް ފަހުން އޭނާ ވަނީ އެ ކުލަބަށް 359 މެޗު ކުޅެދީފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ 123 ލަނޑު ޖަހާފައެވެ. ރަޝްފޯޑްގެ ކުރިން ލޫކް ޝޯ އާއި ޑިއޯގޯ ޑަލޮޓް ވަނީ އެ ޓީމާއެކު ދިގު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ދިން އިންޓަވިއު އެއްގައި ރަޝްފޯޑް ބުނީ، އޭނާގެ އުމުރުން ހަތް އަހަރުގައި ޔުނައިޓެޑާ ގުޅުނީ ހުވަފެނަކާ އެކު ކަމަށެވެ. އޭނާ ބުނީ މިހާރުވެސް ކުލަބާއެކު ގިނަ ތަޖުރިބާތަކެއް ކުރެވުނު ނަމަވެސް، ހާސިލް ކުރަން ބޭނުންވާ ބައިވަރު ކަންކަން އަދިވެސް ހުރިކަމަށެވެ. މީގެއިތުރުން އޭނާ ބުނީ، އުމުރު ދުވަހު އޭނާ އަކީ ޔުނައިޓެޑުގެ ސަޕޯޓަރެއް ކަމަށާ، އެކަމުގެ ސަބަބުން ޔުނައިޓެޑަށް ކުޅުން އެއީ ކިހާ ބޮޑު ޒިންމާއެއްކަން އެނގޭކަމަށެވެ.

މިދިޔަ ސީޒަނަކީ 25 އަހަރުގެ މި ކުޅުންތެރިޔާގެ އެންމެ ރަނގަޅު އެއް ސީޒަނެވެ. އޭނާ ވަނީ ޕްރިމިއަރ ލީގުގެ 17 ލަނޑު ހިމެނޭހެން ޖުމްލަ 30 ލަނޑު ޖަހާފައެވެ. މީގެއިތުރުން އޭނާ ވަނީ ވޯލްޑް ކަޕުގައި އިންގްލެންޑަށް ތިން ލަނޑު ޖަހައިދީފައެވެ.

މި ހޫނުމޫސުމުގައި ކުރިޔަށް ކުޅޭ އިތުރު ކުޅުންތެރިޔަކު ގެންނަން ޓެން ހާގް ބޭނުންވެއެވެ.

- ކޮމެންޓް