Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 08:32
ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
ސަން ސިޔާމް ގްރޫޕްގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު
ރައީސް އޮފީސް
ސަން ސިޔާމް
ސަން ސިޔާމް އިތުރު ހަތަރު ރިސޯޓެއް ހަދަނީ: ރާއްޖޭގައި ތިނެއް، ލަންކާގައި އެކެއް!
ސްރީ ލަންކާގައި މިހާރު ވެސް ސިޔާމްގެ ރިސޯޓެއް އޮޕަރޭޓް ކުރޭ
ދ. ފާންދޫ، ދ. އަލުވިފުށި އަދި ނ. ދިގުރަށް
ބައެއް ރިސޯޓް ހުޅުވުން އަންނަ އަހަރު، ދެން ހުރި ރިސޯޓްތައް 2019 ގައި

ސަން ސިޔާމް ގްރޫޕްގެ އިތުރު ހަތަރު ރިސޯޓެއް ހަދަމުންދާ ކަމަށް އެ ކުންފުނީގެ ޗެއާމަން، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ގާލާ ހަފްލާއަށް ފަހު އޭނާގެ "ސަން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ ހަތަރު ރިސޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެ ހަތަރު ރިސޯޓްގެ ތެރެއިން އަންނަ އަހަރު ހުޅުވާއިރު، ބާކީ ރިސޯޓްތައް ހުޅުވޭނީ 2019 ވަނަ އަހަރު ކަމަށް ސިޔާމް ވިދާޅުވެފައިވެ އެވެ.

ސިޔާމް ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ތަރައްގީ ކުރަމުންދަނީ ތިން ރިސޯޓެކެވެ. އަނެއް ރިސޯޓް ތަރައްގީ ކުރަމުންދަނީ، މިހާރު ވެސް ސަން ސިޔާމް ޕަސިކުޑާ ރިސޯޓް ހިންގަމުންދާ ސްރީ ލަންކާގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ސިޔާމް ވިދާޅުވެފައިވާ ގޮތުގައި އެ ރިސޯޓްތަކުގެ ތެރެއިން ދ. އަތޮޅު ފާންދޫގައި ތަރައްގީކުރަމުންދާ، ސަން އަކުއާ ފާންދޫ މިއަހަރުގެ ޑިސެމްބަރުގައި ހުޅުވޭނެ އެވެ. އަދި ދ، އަތޮޅު އަލުވިފުށީގައި ތަރައްގީ ކުރަމުންދާ ސަން ސިޔާމް އަލުވިފުށި އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ނ. އަތޮޅު ދިގުރަށުގައި ތަރައްގީ ކުރަމުންދާ ސަން ސިޔާމް ދިގުރަށް ރިސޯޓް ހުޅުވޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ދިގުރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށާއި، ސިޔާމްގެ ކުންފުންޏަށް މިހާރު ދީފައިވާ މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް 200 މިލިއަން ޑޮލަރު(ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގަން އުޅޭކަމާއި އެ ލޯނަށް ދިވެހި ސަރުކާރުން ގެރެންޓީ ދޭން ހަމަޖެހިފައިވާ ކަމުގެ އަޑުތައް ފެތުރިފައިވެ އެވެ. ނަމަވެސް، އެ ގެރެންޓީ ސަރުކާރުން ދިން ކަމެއް ކަށަވަރު ކުރެވޭގޮތް ވަނީ ނުވެފަ އެވެ.

ސަން ހޮޓަލް އެންޑް ރިސޯޓްސްއިން ދިގުރަށުގައި ތަރައްގީކުރާ ރިސޯޓް ވެގެންދާނީ ރާއްޖޭގައި ތަރައްގީކުރާ އެންމެ ބޮޑު ރިސޯޓަށެވެ. އެގޮތުން ތަފާތު 14 ފަންތިއެއްގެ 600 ކޮޓަރި އާއި އާއިލާތަކަށް ހާއްސަ ވިލާތަކުގެ އިތުރުން، ކަނޑުއަޑީގެ ރެސްޓޯރަންޓަކާ އެކު 15 ރެސްޓޯރަންޓު އެ ރަށުގައި ހަދަން ނިންމާފައިވާ ކަމަށް 2015 ވަނަ އަހަރުގެ މެއި 27 ވަނަ ދުވަހު ސިޔާމް ވިދާޅުވެފައިވެ އެވެ.

ދިގުރަށަކީ، ސަން ސިޔާމްގެ އިރުފުށި ރިސޯޓް ކައިރީގައި އޮންނަ ބޮޑު ފަޅުރަށެކެވެ. އެރަށާއެކު، އެ އަތޮޅު މިނާވަރު ވެސް ސަން ސިޔާމް ނަގާފައިވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ. މިނާވަރަކީ ދަނޑުވެރިކަން ކުރަން ނަގާފައިވާ ރަށަކަށް ވާއިރު، ސަން ހޮޓަލްސް އެންޑް ރިސޯޓްއިން ވަނީ އެ އަތޮޅު މާވައްދޫ ވެސް ނަގާފަ އެވެ. އެ ކުންފުނިން މާވައްދޫ ބޭނުން ކުރަމުންދަނީ ރިސޯޓުގެ ކުނިއަޅާ ރަށެއްގެ ގޮތުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 ޖުލައި 2017 | އާދީއްތަ 12:53
ފތފޔހގޔގ
ސިޔާމަށް މުޅި ރާއްޖެ ދީ ޔާމީން