Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 07:46
ރިޔާޒް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ޖަބީން ފުލުހަށް ހާޒިރުކޮށްފަ
ރިޔާޒް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ޖަބީން ފުލުހަށް ހާޒިރުކޮށްފަ
ޓްވިޓަރ
ރިޔާޒް ރަޝީދުގެ އަބުރު
ވިލުފުށީ ކައުންސިލްގެ ކުރީގެ ރައީސްގެ މައްޗަށް ރިޔާޒް ރަޝީދު އަބުރުގެ މައްސަލައެއް ހުށަހަޅައިފި
ފޭސްބުކާއި ޓްވިޓާއި ރިޔާޒްގެ އަބުރާ ބެހުން
ޖަބީން މިހާރު ވެސް ދަނީ ހުކުމެއް ތަންފީޒްކުރަމުން
ވަކީލަކު ހަމަޖެއްސުމަށް 18 ގަޑިއިރު ވަނީ ދީފަ

ވިލުފުށީ ކައުންސިލްގެ ކުރީގެ ރައީސް ހުސެއިން ޖަބީންގެ މައްޗަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރިޔާޒް ރަޝީދު އަބުރުގެ މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި ރިޔާޒް ރަޝީދު ހުށަހަޅުައްވާފައިވާ އެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ޖަބީން ވިލުފުށީ ފުލުހުންގެ އިދާރާއަށް ގެންގޮސް ސުވާލުކޮށްފައިވެ އެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޖަބީން ވިދާޅުވީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކީ ޓްވިޓާއާއި ފޭސްބުކްގައި ރިޔާޒް ރަޝީދުގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ ރިޔާޒް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ބިރުދައްކާ މީހުންގެ މެދުގައި ރިޔާޒްއާ މެދު ނަފްރަތު އުފައްދަން މަސައްކަތްކޮށްފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް ފުލުހުން ވާހަކަ ދައްކާފައިވާ ކަމަށް ޖަބީން ވިދާޅުވި އެވެ.

ޖަބީން ވިދާޅުވީ ރިޔާޒްގެ އަބުރަށް އަރައިގަނެ އޭނާ ދައްކާފައިވާ ވާހަކަތަކަކީ ކޮބައިކަން ފުލުހުން ބުނެދީފައިނުވާ ކަމަށެވެ. އަދި އެ ވާހަކަތައް އަންގާނީ މައްސަލައިގެ ތަހުގީގު ނިންމައި ޝަރީއަތަށް ފޮނުވުމުން ކަމަށް ފުލުހުން ޖަވާބުދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހަޅާފައިވަނިކޮށް، ސުޕްރީމް ކޯޓުން ކެނޑިޑެސީ ބާތިލް ކުރުމުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނު ޖަބީން ވިދާޅުވީ ގާނޫނީ ވަކީލެއް ހަމަޖެއްސުމަށް 18 ގަޑިއިރު އޭނާއަށް ފުލުހުން ދީފައިވާ ކަމަށެވެ. 

ޖަބީން މިހާރު ވެސް ގެންދަވަނީ ހަ މަސް ދުވަހުގެ ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. ކައުންސިލް އިންތިޚާބަށް މަހަކަށް ވެފައިވަނިކޮށް އޭނާ ހަ މަސް ދުވަހަށް ގޭބަންދު ކުރުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ އެޕްރީލް މަަހުގެ 20 ވަނަ ދުވަހު އެމްއާރުޑީސީން މަގު ހެދުމުގެ މަސައްކަތެއް ކުރުމަށް ޖަހާފައިވާ ދަގަނޑެއް އޭނާ އުފުރާލައި، އެއްލާލި މައްސަލައިގާ ދައުލަތުން އޭނާގެ މައްޗަށް އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ ސާބިތުވުމުންނެވެ. އަދި އޭނާގެ މައްޗަށް އެ ކުށް ސާބިތުވެފައި ވަނީ ދައުލަތުން ހުށަހެޅި ހެއްކާއި ހެކީންގެ ހެކިބަހުން ކަމަށް ވިލިފުށީ ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ،

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ބުނާ ގޮތުން ޖިނާއީ ހުކުމެއް ތަންފީޒު ކުރަން ފަށައިފި ނަމަ ކައުންސިލަރު ކަމުން ވަކިވާނެތީ، އެ ހުކުމް ބާތިލް ނުކުރާހާ ހިނދަކު ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެއެވެ. އެ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން އޭނާގެ ކެނޑިޑެސީ ބާތިލްކުރީ އޭޕްރީލް 23 ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް