ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 08:18
ގދ. ތިނަދޫ
ގދ. ތިނަދޫ
ރާއްޖެއެމްވީ
ސިހުރު ހަދާ މައްސަލައެއް
ގދ. ތިނަދޫގައި ސިހުރު ހަދާ މައްސަލައެއް ތަހުގީގު ކުރަނީ
މިމައްސަލަ ރިޕޯޓުކުރީ 14 ޖުލައިގައި
ސަހަރާތެރެއިން ސިހުރު ހަދަން ބޭނުން ކުރާ ބައެއް އާލަތްތައް ފެނިފައިވޭ

ގދ. ތިނަދޫގައި ސިހުރު ހަދާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ތިނަދޫގައި ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް 14 ޖުލައި 2023 ވީ ހުކުރު ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ރިޕޯޓު ކުރުމާއި ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ ސަހަރާތެރޭގައި ބަޔަކު އުޅޭހެން ހީވެގެން އެތަނަށް ވަތް މީހަކަށް ސިހުރު ހަދަން ބޭނުން ކުރާ ބައެއް އާލަތްތައް ފެނިގެންނެވެ.

ރާއްޖޭގެ އެކިއެކި ހިސާބުގައި ދޭތެރެދޭތެރެއިން ސިހުރު ހަދާ މައްސަަލަ ބޮޑުވެ، ފުލުހުން މައްސަލަތައް ތަހުގީގުކޮށްފައިވެއެވެ. އަދި ބައެއް ގެތަކުން ސިހުރު ހަދަން ބޭނުންވާ ކުރާ ފޮތްތަކާއި، ސާމާނުތައް ފުލުހުން ހޯދާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް