Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 02:37
ޢަލީ ނިޔާޒް: މެނަބަރުންނަށް ޝުކުރު އަދާކުރެއވި
ޢަލީ ނިޔާޒް: މެނަބަރުންނަށް ޝުކުރު އަދާކުރެއވި
ފާތިމަތު ޝަނާ މުހައްމަދު
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މަސީހު ބޭރުކުރުމަށް މެންބަރުން ކުރާ މަސައްކަތައް ޢާއްމު ރައްޔިތުން ހިތްވަރުދޭން ޖެހޭ:ނިޔާޒް
ރާއްޖޭގެ ތާރީޚްގައި 24 ޖުލައި އަކީ ވަރަށް ތާރީޚީ ދުވަހެއް
ރައީސް ޔާމީން އާ 13 އާ ގުޅުން އެބަހުރި. އެކަން ފެނިގެން ދާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ނިންމާ އެމަޤާމުން ބޭރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރަމުންދާ މަސައްކަތައް ރައްޔިތުން އެއްބާރުލުންދީ ހިތްވަރުދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ޢަލީ ނިޔާޒް މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ބ. އަތޮޅު ތުޅާދޫގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ތުޅާދޫ މަޝްހޫރު "450 ސަރަހައްދު"ގައި ބޭއްވި ޖަލްސާގައި ނިޔާޒް ވިދާޅުވީ ރާއްޖޭގެ ތާރީޚްގައި 24 ޖުލައި އަކީ ވަރަށް ތާރީޚީ ދުވަހެއް މަށާއި މުހިއްމު ދުވަހެއްކަމަށެވެ. އެދުވަހަކީ  ޤާނޫން އަސާސީ ތަސްދީޤް ނުވެގެން ރައްޔިތުން ނުކުތް ދުވަސް ކަމަށެވެ.

ނިޔާޒް ވިދާޅުވީ އޭގެ ފަހުން މިމަހުގެ 24 ވަނަ ދުވަހަކީ އަނެއްކާވެސް ތާރީޚީ ދުވަހެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭރުކޮށްލާ ދުވަސް ކަމަށެވެ.

އެކަމަށް މެންބަރުން ކުރައްވާ މަސައްކަތައް ހިތްވަރު ދެއްވުމުގެ ގޮތުން ނިޔާޒް ވިދާޅުވީ  އެދުވަހަށް ޢާއްމު ރައްޔިތުން ތައްޔާރުވާން ޖެހޭ ކަމަށާއި މަޖިލީހުގައި މެންބަރުން ކުރާ ހިތްވަރަށް ތާއީދު ދޭން ޖެހޭ ކަމަށެވެ. މުޅި ރާއްޖެ އެކަމުގައި ތައްޔާރުވުމަށް ނިޔާޒް ގޮވާލެއްވިއެވެ.

ބައެއް މީހުންގެ އެދުވަސް އަތުވެދާނެތޯ ސުވާލު އުފައްދާކަން ފާހަގަ ކުރައްވަމުން ނިޔާޒް ވިދާޅުވީ ރައީސް ޔާމީން އާ 13 އާ ގުޅުން އެބަހުރި ކަމަށާއި އެދުވަހުވެސް އެކަން ފެނިގެން ދާނެ ކަމަށެވެ.

"ބައެއް މީހުން ބުނޭ އިދިކޮޅު ފަރާތްތަކަށް ކާމިޔާބެއް ލިބިއްޖެހޭ. އަޅުގަނޑުމެން މަސައްކަތް ކުރަނީ އެންމެ ބާރުގަދަ ތިންފަރާތާއެކު. އަޅުގަނޑުމެންނަށް އުފާ ލިބެނީ ރައްޔިތުންގެ ފަޅީގައި ތިބިކަން. އަޅުގަނޑުމެންނަށް މިފެނުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް .  ޖުޑިޝަރީން ބައެއް މީހުން ތާއީދު ނެތި ތިން ފަނޑިޔާރަކު ލައްވާ ކަމެން ނިންމިތަން. ރައްޔިތުން އެދުނު އެދުމަށް މަޖިލީހުގެ 45 މެންބަރުން ތެދުވީތީ ޝުކުރު އަދާކުރަން. ވަކިން ޚާއްޞަކޮށް ދާދި މިދާކަށް ދުވަހާ ހަމައަށް ކޮންމެވެސް ސަބަބަކާހުރެ ރައްޔިތުންގެ ވިސްނުމާ ދެކޮޅަށް މަސައްކަތް ކުރެއްވިނަމަވެސް ވިސްނި ވަޑައިގެން ނުކުންނެވީތީ" ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ވަޑައިގަތުމަށް ގޮވާލައްވަން ކަމަށާއި އަދިވެސް މަރުހަބާ ކިޔާނަން ކަމަށެވެ.

" މިމަހުގެ 24 ވަނަ ދުވަހު އެކަން ދައްކާލުމަށް ގޮވާލަން. ރައްޔިތުންގެ ފަޅި ޚިޔާރުކޮށް އަވަހަށް ވަޑައިގަތުމަށް ނާޒިމް ރަޝާދަށް ގޮވާލަން. އަޅުގަނޑުމެން މިތިބީ އަދިވެސް ނާޒިމް ރަޝާދާ އެކު. އިރާދަ ކުރެއްވިއްޔާ ރައްޔިތުން އެދޭ ބަދަލު 24 ވަނަ ދުވަހު މަޖިލިސް ތެރެއިން ފެނިގެންދާނެ. އަޅުގަނޑުމެން ނުކުންނާނީ ކާމިޔާބު ކޮށްގެން" ނިޔާޒް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް