ކ. މާލެ
|
16 ޖުލައި 2023 | އާދީއްތަ 08:16
މެސީ އިންޓަރ މިއާމީއަށް ސޮއިކުރުމަށްފަހު: ފޮޓޯ- އިންޓަރ މިއާމީ
މެސީ އިންޓަރ މިއާމީއަށް ސޮއިކުރުމަށްފަހު: ފޮޓޯ- އިންޓަރ މިއާމީ
މެސީ އިންޓަރ މިއާމީއަށް
މެސީ އިންޓަރ މިއާމީއަށް ސޮއިކޮށްފި
2025 ވަނަ އަހަރުގެ ނިޔަލަށް އެކްލަބަށް ކުޅޭނެ

ހަތް ފަހަރު ބެލަންޑިއޯ އެވޯޑް ހޯދާފައިވާ ލަޔަނަލް މެސީ އެމެރިކާގެ އިންޓަރ މިއާމީއަށް ސޮއިކޮށްފިއެވެ.

36 އަހަރުގައި މެސީ އެކްލަބަށް ސޮއިކުރީ 2025 ވަނަ އަހަރުގެ ނިޔަލަށެވެ. ފާއިތުވި ދެ ސީޒަންގައި މެސީ ކުޅުނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށެވެ. މެސީ ބުނީ އިންޓަރ މިއާމީއާއެކު އެމެރިކާގައި ކެރިއަރުގެ އައު ފިޔަވަޅު ކުރިއަށް އަޅަން ތައްޔާރަށް ހުރިކަމަށެވެ. މެސީ އެކްލަބަށް ސޮއިކުރުމުން ކްލަބްގެ އެއް ހިއްސާދާރު އިންގްލެންޑްގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނީ މިއީ "ހުވަފެނެއް ހަގީގަތަކަށް ވުން" ކަމަށެވެ. ބެކަމް ބުނީ އޭނާ އިންޓަރ މިއާމީ ޕްރޮޖެކްޓް ފެށިއިރުވެސް އުއްމީދުކުރީ އަދި ބުނަމުން އައީ ކްލަބާއި, އެމެރިކާގެ މިސިޓީއަށް ދުނިޔޭގެ ތަރިން ގެންނަން އުއްމީދުކުރާ ވާހަކަ ކަމަށެވެ.

ބެކަމް ބުނީ ކުޅުންތެރިއެއްގެ އިތުރުން ގާތް ރަހުމަތްތެރިޔާއާއި, އޭނާގެ އާއިލާއަށްވެސް އިންޓަރ މިއާމީ ކޮމިއުނިޓީއަށް މަރުހަބާ ކިޔާކަމަށެވެ. މިއީ މެސީ ޔޫރަޕުން ބޭރުގެ ކްލަބަކަށް ކުޅޭ ފުރަތަމަ ފަހަރެވެ. މެސީ ބުނީ އިންޓަރ މިއާމީގެ ޕްރޮޖެކްޓް އެންމެން ގުޅިގެން ކާމިޔާބުކުރެވޭނެ ކަމަށެވެ. މިއަހަރުވެސް ބެލަންޑިއޯ އެވޯޑް ލިބުން އެންމެ ގާތް އެއް ކުޅުންތެރިއަކީ މެސީއެވެ. މެސީ ވަނީ މިދިޔަ އަހަރު އާޖެންޓީނާއަށް ވަރލްޑް ކަޕް ހޯދައި ދީފައެވެ.

- ކޮމެންޓް