Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 02:33
އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް
އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް
އަޒުމޫން އަހުމަދު
ޝިދާތާ ޝަރީފް
ކިތަންމެ ވަރަކަށް ބިރު ދެއްކިއަސް މަސީހް އެގޮނޑިން ބާލުވާނެ: ޝިދާތާ
ހުވަދު އަތޮޅުން ސަރުކާރަށް ނޫނެކޭ ބުނެފި
އެގޮނޑީގެ ރައީސްގެ މަޤާމުގައި އަބްދުﷲ މަސީހް ނީންނަވާނެ
ފަނޑިޔާރުންނަނަކީ ރައްޔިތުންގެ ލާރިން މުސާރަ ދީފައި ތިބޭ ބައެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް  މަޖިލީހުގެ ރައީސްގެ ގޮނޑީގައި އަބްދުﷲ މަސީހް ދެން ނީންވަނާނެ ކަމަށް އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

 

ގދ. ތިނަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ މިސަރުކާރުން މިހާރު ގެންގުޅެނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިފާ ހައްޔަރުކޮށްގެން ހިސޯރުކޮށްގެން ކަމަށާއި އެވަރުންވެސް ގިނަ މެމްބަރުން މިނިވަން ވެއްޖެ ކަމަށެވެ.

 

ރައީސް ޔާމިންއަށް ކުރިން ތާއީދު ކުރެއްވި ގިނަ މެމްބަރުން މިއަދު އެމަނިކުފާނަށް ނޫނެކޭ ބުނަމުންދާއިރު ރައްޔިތުން މިއަދު އެމެމްބަރުންނަށް އާނއެކޭ ބުނަމުންދާ ކަމީ ސަރުކާރުން ދައްކާހާ ބިރަކަށް މެމްބަރުން ބޯނުލެނބޭނެ އެއް ހަޤީޤަތް ކަމަށް ޝިދާތާ ވިދާޅުވިއެވެ.

 

އެހެންކަމުން މަޖިލީހުގެ ރައީސް މަސީހްގެ ގޮނޑި ދިފާއު ކުރުމަށް ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ކަމުގައިވީ ނަމަވެސް ދެން އެގޮނޑީގެ ރައީސްގެ މަޤާމުގައި އަބްދުﷲ މަސީހް ނީންނަވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

 

ޝިދާތާ ވިދާޅުވީ ރައްޔިތުންނަށް ކިރިޔާވެސް އިހްލާސްތެރި ކަމެއް އިން ނަމަ މަސީހް މިހާރުވެސް އިސްތިއުފާ ދެއްވާފައި ވަޑައިގަންނަވާނެ ކަމަށެވެ.

 

"ހުވަދު އަތޮޅުން ސަރުކާރަށް ނޫނެކޭ ބުނުމަކީ އިސްތިއުފާ ދީފައި ގެއަށް ވަޑައިގަންނަވަން ޖެހޭ ވަރު ކަމެއް. ސުޕްރީމް ކޯޓުން މިފަދަ ހުކުމެއް ނެރެން ކެރުނީ ކީއްވެތޯ މިއީ މިއަދު ރައްޔިތުން ކުރަމުންދާ ސުވާލު. އެއީ ރައްޔިތުންގެ ލާރިން މުސާރަ ދީފައި ތިބޭ ބައެއް. ރައްޔިތުންނަށް ލިބޭ ހައްގުތައް ކަށަވަރުކޮށް ނުދެވޭ ކަމެއްވާނަމަ އެފަރާތްތަކުން ވަނީ އިސްތިއުފާދެއްވާފައި ވަޑައިގަންނަވަންޖެހޭނެ," ޝިދާތާ ވިދާޅުވިއެވެ. 

 

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ކަންތައް ހިނގަމުންދާ ގޮތަށް ފާޑު ކިޔުއްވާ ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ އުފާވެރި ދުވަސްތައް ދާދި ކައިރީގައި އެބައޮތް ކަމަށާއި ދުސްތޫރީ ނިޒާމު ހަލާކުކޮށްލާ ރައްޔިތުންނަށް އަނިޔާވެރިވާ މީހުން ޤާނޫނުގެ ކުރިމައްޗަށް ގެނެސް ހައްގު އަބަދު ދީފައި ނޫނީ ހުއްޓައެއް ނުލާނެ ކަމަށެވެ.  

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް