ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 02:21
ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް
ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް
ރާއްޖެ އެމްވީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ފަނޑިޔާރުންގެ ސައްހަކަމެއް ނެތް، ބަންދުކުރިއަސް މި ވާހަކަ ދައްކާނަން: ފައްޔާޒު
ގާނޫނު އަސާސީއާއި ހިލާފަށް ކުރާ ހުކުމަކަށް ތަބާވާކަން ނުޖުހޭނެ
ވެރިކަން ދިފާއު ކުރުމަށް ސުޕްރީމް ކޯޓުން އެތަން ކަމެއް ދަނީ ކުރަމުން
ގޮނޑިގެއްލޭ މެމްބަރުންނަން ، ބަދަލާއި އިންސާފް ލިބޭނެ

ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔަރުންގެ ސައްހަކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ރާއްޖެޓީވީގެ ފަސްދޮޅަސް މިނެޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފައްޔާޒު އިސްމާއިލް ވިދާޅުވީ ޕާޓީއިން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ކުރި ހުކުމަކީ ގާނޫނު އަސާސީއާއި ހިލާފް ހުކުމެއް ކަމަށެވެ. ގާނޫނު އަސާސީއާއި ހިލާފް ހުކުމަކަށް ރައްޔިތުން ތަބާވަން ނުޖެހޭނެކަން ފާހަގަކުރަމުން ފައްޔާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއުކުރުމަށް ގާނޫނު އަސާސީއާއި ހިލާފަށް އެތަށް ކަމެއް ކުރަމުންދާ ކަމަށެވެ.

 

"މިއަދު ދިވެހި ރާއްޖޭގައި އޮތް ސްޕްރީމް ކޯޓް ސައްހަ، ސްޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންގެ ސައްކަހަމެއް ނެތް، ވަރަށް ސާފްކޮށް މި ދަންނަވަނީ ބަންދުކުރަންޔާ ބަންދުކުރަންވީ، މިއަދު ދިވެހި ރައްޔިތުން ނުކުމެ މި ވާހަކަތަށް މި ގޮތަށް މި ދަންކަނީ، ދިވެހި ރައްޔިތުންނަން ގާބޫލުކުރެވުނީއޭ، ކޮންމެ ރައްޔިތެއްގެ ވެސް ޙައްގުތަކެއް ގައުމުގައި އެބަވޭކަން، މިއީ ބަޔަކަށް ވެރިކަން ބާއްވާލައިގެން އޮތްކަމެތް ނޫން، އަޅުގަނޑުމެން ދިވެހި ރައްޔިތުން ވެރިންނަން ވެރިކަން ދެނީ، މި ދެންނެވީ ޑިމޮކްރަޓިކް ނިޒާމްގެ ތެރެއިން، އެހެންނަމަވެސް އެ ހައްގުތަށް ރައްޔިތުންގެ ކިބައިން މި ދެނީ، ވެރިންނަށާއި އަދި ދައުލަތުގެ އެހެން މުއައްސަސާތަކަށް މި ދެނީ އަޅުގަނޑުމެންގެ މައްޗަށް އަދުލުވެރި އިންސާފް ގާއިމްކޮށް ހަމަހަމަކަމާއި އެކު އަމަލުކުރުމަށް، ނުކުރެވޭނެ ކަމަށްވާނަމަ، އެމީހުން ޖެހޭނީ އެތަނުން ދުރައްދާން" މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުކުމް ކުރި ފަނޑިޔާރުގެ ބެންޗުގައި ތިބި ތިން ފަނޑިޔާރުންނަން އިޝާރަތްކުރައްވާ ފައްޔާޒު ވިދާޅުވިއެވެ.

މި ހުކުމް ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ފައްޔާޒު ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލުކުރުމުން އިންތިހާބްވި ޕާޓީއަށް ގެންލުންވާނެ ކަމަށެވެ. އެހެންނަވެސް ގާނޫނު އަސާސީގައި ސާފްކޮށް ރައްޔިތުންގެ މެމްބަރުން ވަކިވާނެ ގޮތާއި، އަމަލުކުރާނެ ގޮތް ބަޔާންކޮށްފައި ވަނިކޮށް ސްޕްރީމް ކޯޓުން މިފަދަ ހުކުމެއް ނުނެރެވޭނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިފަދަ ހުކުމެއް ކުރުމުން، ގާނޫނު އަސާގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރެވެން ނެތްކަން ފާހަގަކުރަމުން ފައްޔާޒު ވިދާޅުވީ މެމްބަރަކު އިންތިހާބް ކުރާ ދާއިރާއަކަށް ވުރެ ބޮޑަށް ގައުމީ މައްސަލަހަތަށް، ގައުމަށް ލާބަވާނެ ގޮތަށް ކަންކަން ނިންމަން ގަނޫނުގައިވާ ކަމަށެވެ. މިފަދައިން ބަޔާންކޮށްފައި ވަނިކޮށް ސްޕްރީމް ކޯޓުން ސިޔާސީ ޕާޓީގެ ވެރިން ނިންމާގޮތަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވޯޓްދޭން ނުނިންމޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުން އަމަލުކުރަމުންދާ ގޮތާއި ގުޅޭގޮތުން ފައްޔާޒު ވިދާޅުވީ އެ ގައުމުތަކުގެ ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ވަކިވެއްޖެނަމަ، ގޮނޑި ގެއްލޭނެ ހާލަތްތަށް ވަރަށް ސާފްކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.

ގާނޫނު އަސާސީއާއި ހިލާފަށް ޕާޓީއިން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، ހުކުމް ކުރި ފަނޑިޔާރުންގެ ސައްހަކަމެއް ނެތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

 

"މިއަދު ބާރުވެރިން އޮތީ ދައުލަތް ހިފަހައްޓާއިގެން އުޅޭ ފަރާތްތަކުގެ މައްޗަށް، އެ ތަންފީޒް ކުރަންތިބި މީހުން ތިބީ އެބޭފުޅުންނާއި (ފަނޑިޔާރުން) އެއްކޮށް، އެ ހުކުމް ތަންފީޒްކޮށްފާނެ، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލުވާލާއިފިނަމަ، ކޮންމެވެސް ޒަމާނެއްގައި އޭގެ ބަދަލާއި އިންސާފް ލިބޭނެ" ފައްޔާޒު ވިދާޅުވިއެވެ.

 

ތިން ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ސަރުކާރުން ހުށަހެޅިއިރު، ގާނޫނު އަސާސީގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތުތައް ކަމަށް ބަޔާންކޮށްފައިވާ ހާލަތުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ކަމެއް ހިމެނިފައެއް ނުވެއެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގެ ގޮނޑި ގެއްލޭނީ ތިން ހާލަތެއްގަ އެވެ. އެއީ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒް ކުރަން ޖެހުމުގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުމެވެ.

ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާފައި މިވަނީ މަސީހުގެ އިތުބާރުގެ ގަރާރުގައި ސޮއިކުރެއްވި މެންބަރުންތައް ޕީޕީއެމުން ވަކިވަމުންދާ ދަނޑިވަޅެއްގައެވެ.

- ކޮމެންޓް