Advertisement
ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 01:13
ޑރ. މަޖީދު
ޑރ. މަޖީދު
ރާއްޖެއެމްވީ
އިދިކޮޅު ހަރަކާތް
މި ސަރުކާރުން ހުކުރު ހުތުބާއިން ވެސް ވައްކަން ކުރޭ: ޑރ. މަޖީދު
ހުކުރު ހުތުބާ ލިޔެފައި އޮންނަ މީހާގެ ނަން ހުންނަނީ ކަނޑާލާފަ

މި ސަރުކާރުން ހުކުރު ހުތުބާއިންވެސް ވައްކަން ކުރާކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެއެވެ.

ހދ. ހަނިމާދޫގައި އިދިކޮޅު ފަރާތްތަކުން ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ބާރީ ވިދާޅުވީ ހުކުރު ހުތުބާ ލިޔެފައިވާ މީހުންގެ ނަންތައް ކަނޑާލުމަށްފަހު އިސްލާމިކް މިނިސްޓްރީގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ. ބާރީ ސިފަ ކުރެއްވީ އެއީވެސް މި ސަރުކާރުން ކޮށްފައިވާ ވައްކަމެއްގެ ގޮތުގައެވެ. އަދި ހުރިހާ މުވައްސަސާއެއްގައިވެސް ކޮރަޕްޝަން އޮތް ކަމުގެ ވާހަކަތައް އިވެމުންދާ ކަމަށް ޑރ. ބާރީ ވިދާޅުވިއެވެ.

އޭގެ އިތުރުން ޑރ. ބާރީ ވިދާޅުވީ ގައުމަށް މިއަދު ދިމާވެގެން އުޅޭ މައްސަލައަކީ ދިވެހި ދައުލަތް ހިންގުމާ ހަވާލުވެ ތިބި ބަޔަކު މައްސޫލިއްޔަތާއި މެދު ޚިޔާނާތްތެރިވުން ކަމަށެވެ. ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރި މިނިވަން މުވައްސަސާތަކުގެ ބައެއް މެމްބަރުން މަގާމުން ވަކިކޮށްފައިވާއިރު ސިޔާސީ ބައެއް ފަރާތްތައް ޖަލަށް ލާފައިކަން ޑރ. ބާރީ ފާހަގަކުރެއްވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައސްގެ މަގާމުން އަބްދުﷲ މަސީހްގެ އިތުބާރު ވަކިކުރަން ޖެހެނީ ކަންކަން އިސްލާހް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ނުކުރެވޭތީ ކަމަށްވެސް ޑރ. ބާރީ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު މަސީހް މަގާމުން ދުރުކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ސަރުކާރުން ރައްޔިތުންނަށް އަނިޔާވެރިވުމަށް ކުރީ ކޮން ކަމެއްތޯ ސުވާލު ކުރާއިރު ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސްފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. މި މޭރުމުން ދެއްކެވި ވާހަކައިގައި ކާޑުގެ ސަބްސިޑީ ކަނޑާލުމާއި ކަރަންޓް ބިލްތައް އިންތިހާބަށް ބޮޑުވެގެން ދިއުމުގެ އިތުރުން ވަޒީފާތަކުގެ ބިރުވެރިކަން އިންތިހާ އަށް ބޮޑުކަމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޑރ. މަޖީދު ވިދާޅުވީ ކޯޓުންކުރާ ހުކުމަކުން މަޖިލީހުގެ މެމްބަރުކަން ގެއްލޭނެ އިތުރު ކަމެއް ކަނޑައަޅާނަމަ އެއީ ގާނޫނު އަސާސީއަށް އިތުރުކުރެވޭ އަކުރެއް ކަމަށާއި އެކަން ނުކުރެއްވޭނެ ކަމަށް ގާނޫނީ މާހިރުން ދެކިވަޑައިގަންނަވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް