ކ. މާލެ
|
15 ޖުލައި 2023 | ހޮނިހިރު 06:40
އދ. މަހިބަދޫ
އދ. މަހިބަދޫ
ޓްވިޓަރ
ހޮސްޕިޓަލް އެޅުން
އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލް އަދި މ މުލީ ރީޖަނަލް ހޮސްޕިޓަލް އިމާރާތްކުރުމަށް ބީލަން ހުށަހަޅަން ހުޅުވާލައިފި
ބިޑުތައް ހުޅުވުން އޮންނާނީ 8 އޮގަސްޓު ވާ އަންގާރަ ދުވަހުގެ 11:00:00ގައި

އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް އަދި މ. މުލި ރީޖަނަލް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެމިނިސްޓްރީން ބުނީ މިމަސައްކަތް ތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ. މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ.

އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ އަގަކީ 831,000 ރުފިޔާއެވެ. މ. މުލި ރީޖަނަލް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ އަގަކީ 834,000 ރުފިޔާއެވެ.

Advertisement

ފިނޭންސް މިނިސްޓްރީން ބުނީ ކޮންމެ ބީލަމެއްގައި -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށެވެ. ފައިސާ ބަލައިގަންނާނީ  16 ޖުލައި ން 6 އޮގަސްޓަށް،  ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ. 

ބިޑުތައް ހުޅުވުން އޮންނާނީ 8 އޮގަސްޓު ވާ އަންގާރަ ދުވަހުގެ 11:00:00ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް