ކ. މާލެ
|
14 ޖުލައި 2023 | ހުކުރު 08:55
ކްރިސްޓިއަން ޕުލިސިޗް
ކްރިސްޓިއަން ޕުލިސިޗް
ޕުލިސިޗް މިލާނަށް
ޕުލިސިޗް ޗެލްސީ ދޫކޮށް އޭސީ މިލާނަށް ބަދަލުވެއްޖެ
މިލާނާއެކު ސޮއިކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި

ޗެލްސީ އަށް ކުޅެމުން އައި އެމެރިކާ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެއެވެ.

20 މިލިއަން ޕައުންޑަށް ކްލަބް ބަދަލުކޮށް, މިލާނާއެކު ޕުލިސިޗް ސޮއިކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައެވެ. އެއީ ފަސްވަނަ އަހަރަކަށް އެއްބަސްވުން އައު ކުރުމުގެ ފުރުޞަތުވެސް ލިބޭގޮތަށެވެ. 24 އަހަރުގެ ފޯވާޑް ޗެލްސީ ދޫކޮށްލީ އެކްލަބަށް 145 ކުޅެދީފައެވެ. ކްލަބަށް ޖަހައިދެވުނީ 26 ގޯލެވެ. 2021 ވަނަ އަހަރު މެންޗެސްޓަރ ސިޓީ ބަލިކޮށް ޗެމްޕިއަންސް ލީގު ހޯދި ޗެލްސީ ޓީމްގައި ޕުލިސިޗް ހިމެނެއެވެ.

ޕުލިސިޗް ބުނީ އޭނާ ޗެލްސީއާއެކު ފަހުން ހޭދަކުރީ އެހާ ރަނގަޅު ދުވަސްތަކެއް ނޫން ކަމަށާއި, ބޭނުންވި ވަރަށް ކުޅުމުގެ ފުރުޞަތު ނުލިބުން ކަމަށެވެ. މިލާނަށް ބަދަލުވުމަކީ ކުރިއަށްދާން ލިބުނު ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ޕުލިސިޗް ދެކެއެވެ.

އައު ފެށުމަކަށް ފަށާ, މިކަހަލަ ބޮޑު ކްލަބަކާ އެކު ކުރިއަށްދާން ލިބުނު ފުރުޞަތަކީ ރަނގަޅު ފުރުޞަތެއް
ކްރިސްޓިއަން ޕުލިސިޗް

ބޮރޫޝިޔާ ޑޯޓްމަންޑުން ޕުލިސިޗް ޗެލްސީއާ ގުޅުނީ 2019 ވަނަ އަހަރުއެވެ. އެއީ 57.6 މިލިއަން ޕައުންޑަށެވެ. އޭނާއަކީ ނޯތު އެމެރިކާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ޕުލިސިޗް ވަނީ ގައުމީ ޓީމަށް 60 މެޗު ކުޅެދީފައެވެ. ޗެލްސީގެ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ވަނީ ކްލަބް ދޫކޮށްލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް