Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 19:47
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސް ކޮންފަރެންސެއްގެ ތެރެއިން
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސް ކޮންފަރެންސެއްގެ ތެރެއިން
ރާއްޖެއެމްވީ
ސުޕްރީމް ކޯޓުގެ ހުކުމް
މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ކޮށްފައިވާ ހުކުމަކީ ގާނޫނު އަސާސީއާއި ޚިލާފަށް ކޮށްފައިވާ ހުކުމެއް: އިދިކޮޅު ފަރާތްތައް
އިދިކޮޅު ފަރާތްތަކުން ނެރެފައިވާ ބަޔާނުގައި ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ތިން ކަމެއް ފާހަގަކޮށްފައިވޭ
މެންބަރުންނަށް އެ ބޭފުޅުންގެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ކަމަށް
ކޯޓުގެ ހުކުމާއި ގުޅިގެން މެންބަރުން އަމިއްލައަށް ޕާޓީ ދޫކޮށް ދިޔުމުގެ މިނިވަންކަން ގެއްލިފައިވޭ

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަކީ ގާނޫނޫ އަސާސީ އާއި ޚިލާފަށްކޮށްފައިވާ ހުކުމެއް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

 

އިދިކޮޅު ފަރާތްތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ ހުކުމަކީ އަވަސް އަރުވާލައިގެން ނެރެފައިވާ ހުކުމެއް ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި، ސުޕްރީމް ކޯޓަށް މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ގެއްލި، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރެއްނެތް ކަމުގެ ވޯޓު ނެގުމަށް ތައްޔާރުވަމުންދާ ވަގުތެއްގައި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

 

އިދިކޮޅު ފަރާތްތަކުން ނެރެފައިވާ ބަޔާނުގައި ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ތިން ކަމެއް ފާހަގަކޮށްފައިވެއެވެ.

 

ހުކުމަކީ ގާނޫނު އަސާސީއާއި ތައާރުޒުވާ ހުކުމެއްކަން ފާހަގަކޮށް، ބުނެފައިވަނީ މެންބަރެއްގެ ގޮނޑި ގެއްލޭ ހާލަތްތައް ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންވެގެންވާ ކަމަށެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ މެންބަރެއްގެ ގޮނޑި ގެއްލޭނީ ތިން ހާލަތެއްގަ އެވެ. އެއީ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް ދަރަނި ނުދެއްކުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒް ކުރަން ޖެހުމުގެ އިތުރުން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުމެވެ.

 

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މެންބަރުންނަށް އެ ބޭފުޅުންގެ މަގާމުގެ ޒިންމާތައް އަދާކުރުމުގައި ހާއްސަ އިމްތިޔާޒުތަކެއް ލިބިގެންވާ ކަމަށާއި ސުލޫކީ މައްސަލައެއްގައި ޕާޓީއިން ބޭރުވި ނަމަވެސް، ގޮނޑި ނުގެއްލޭ ކަމަށް ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގައިވާ ކަމަށެވެ. އަދި، 2012 ވަނަ ސުޕްރީމް ކޯޓުން ކައުންސިލަރުން ޕާޓީ ބަދަލުކުރި ނަމަވެސް، ގޮނޑި ނުގެއްލޭކަމަށް ފާސްކޮށްފައިވާ ހުކުމަށްވެސް އެ ބަޔާނުގައި އިޝާރާތްކޮށްފައިވެއެވެ.

 

ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން މެންބަރުން އަމިއްލައަށް ޕާޓީ ދޫކޮށް ދިޔުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

 

މީގެ އިތުރުން ޕީޕީއެމުން ވަކިވެ ވަޑައިގަތް 10 މެމްބަރުން ވަކިވިކަން ގަބޫލު ނުކުރި ކަމަށާއި އެހެން ނަމަވެސް ޕާޓީތަކާއި ބެހޭ ގާނޫނުގެ 15 މާއްދާގައި އެމީހަކު ބޭނުން ވެއްޖެ ހާލަތެއްގައި ޕާޓީ ދޫކުރެވޭނެކަމަށް ބުނެފައި ވާކަމަށް ބުނެފައިވެއެވެ.

 

މިކަން މިގޮތަށް ހިގާފައިވަނިކޮށް ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ 24 ގަޑިއިރު ކުރިން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މޫސާ މަނިކުވެސް ޕާޓީ ބަދަލުކުރައްވައި، އެކަން ރައީސް ޔާމީން ގަބޫލު ކުރައްވާފައިވާކަމަށް ބުނެފައި ވެއެވެ.

 

2014 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްފަހު އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ޕީޕީއެމްއާއި ވަނީ ގުޅިފައެވެ. އަދި ރައީސް ޔާމީން ވަނީ އެފަރާތްތަކަށް މަރުހަބާ ވެސް ވިދާޅުވެފައިވެއެވެ.

 

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަސީހާއި ދެކޮޅަށް ވޯޓު ދެއްވައިގެން ގޮނޑި ގެއްލޭ ފަރާތްތަކަށް އެ ގޮނޑި ހޯދުމަށް މަސައްކަތް ކޮށްދެއްވާނެކަމަމަށެވެ. މީގެ އިތުރުން އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއިން ވެސް ވަނީ އެ ބޭފުޅުން މަސީހާއި ދެކޮޅަށް ވޯޓު ދެއްވައިގެން ގޮނޑި ގެއްލިއްޖެނަމަ އެ ގެއްލުނު ގޮނޑި އަނބުރާ ހޯދަވައި ދެއްވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 ޖުލައި 2017 | ހުކުރު 22:41
ޖާނޭ
ތްރީ ސްޓުޖަރސް ގެ އާ އެޕިސޯޑެއް ނިންމާލީ. . މަރު ނުވާ ފުޅިން ބޮއިގެން އުޅޭ ބައެއް
14 ޖުލައި 2017 | ހުކުރު 21:06
ހަންނާ
މިހާރު ތިޔަތަނުގެ ތިބި ބޭބޭފުޅުން އެމަގާމުތަކުގެ ބެހެއްޓުމުން ގައުމައް ވަރައް ބޮޑައް ގެއްލުން ލިބޭނެކަން މިއޮތީ ޔަގީން ވެފަ. މިއީވަރައް ހިތާމަ ހުރިކަމެއް. މީގެ ފަހުންވެސް މަގާމުތަކައް ގެންނަން ޖެހެނީ ގައުމައް ވަފާތެރި ބަޔަކު.