Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 19:24
ގުޅިފައިވާ ޕާޓިތަކުން ތުޅާދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން
ގުޅިފައިވާ ޕާޓިތަކުން ތުޅާދޫގައި ބޭއްވި ހިނގާލުމުގެ ތެރެއިން
ރާއްޖެ އެމްވީ
ރައްޔިތުންގެ ބަދަލު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބ ތުޅާދޫގައި ހިނގާލުމެއް ބާއްވައިފި
ގިނަ ރައްޔިތުން ތަކެއް ވަނީ ބައިވެރިވެފައި
ބައިވެރިން ބުނީ ބޮޑުފަޅިއަށް ތާއީދު ބޮޑުވަމުންދާކަމަށް
މަސީހު ބޭރު ކުރުމުގެ ވޯޓު ކާމިޔާބު ކުރެވޭނެ

ޤައުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބ އަތޮޅު ތުޅާދޫގައި ރާއްޖޭގެ ސިޔާސީ މަޝަރަހާމެދު ކަންބޮޑުވުން ފާޅުކޮށް ހިނގާލުމެއް ބާއްވައިފިއެވެ.

 

މިހިނގާލުން އޮތީ ހުކުރު ދުވަހު ހަވީރު 4:30 ން 6:00 އަށް ތުޅާދޫގެ ބޮޑެތި މަގުތަކުގައެވެ. މިހިނގާލުމުގެ ކުރިން ތުޅާދޫއަށް ވަނީ ގުޅިފައިވާ ޕާޓީތަކުން އަތޮޅުތަކަށް ކުރާ ދަތުރު ތަކުގެ ތެރެއިން ޓީމެއް ތުޅާދޫއަށް ވަދައިގެންފައެވެ. އެޓީމް ހަވީރު 4 ޖަހާކަށްހާއިރު ތުޅާދޫއަށް ވަޑައިގަތުމުން ތުޅާދޫން ވަނީ އެޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

 

ގުޅިފައިވާ ޕާޓީތަކުން ތުޅާދޫއަށް ވަޑައިގެންނެވި ޓީމުގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު ޢަލީ ނިޔާޒާއި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި ޖުމްހޫރީ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއާއި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ޢަބްދުﷲ އާއި މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޑރ ހުސައިން ރަޝީދާއި ޕާޓީތަކުގެ އެހެނިހެން އިސްބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

 

ތުޅާދޫގައި ބޭއްވި ހިނގާލުމުގައި ރަށުގެ ގިނަ ރައްޔިތުން ބައިވެރިވެފައިވާއިރު އެރައްޔިތުން ވަނީ އަދުގެ ސަރުކާރުން ކަންކުރަމުންދާ ގޮތުން ކަންބޮޑުވުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އަދި ހިނގާލުމުގައި އިސްކޮށް ތިއްބެވި މާލެއިން ވަޑައިގެންނެވި ޓީމުތަކުގެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް މިހާރު ނިމިފައިވާ ކަމަށާއި 45 މެންބަރުންގެ ސޮޔާއެކު ހަޤީގަތުގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރެއް ނެތްކަމަށެވެ. އަދި ބޮޑުފަޅިއަށް ދަނީ އިތުރަށް ތާއީދު ލިބެމުން ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ޤާނޫނީ ހަމަތަކަުގެ މަތިން ބަދަލު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރަން ޖެހިފައިވާ ކަމަށާއި އެކަންވެސް ކުރައްވާނެ ކަމަށެވެ.

 

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅޭގޮތުން ގުޅިފައިވާ ޕާޓީތަކުން ބުނީ ޤާނޫން އަސާސީއާ ޚިލާފް އެއްވެސް ކަމަކަށް ބޯލަނބަން ނުޖެހޭނެ ކަމަށާއި އެހުކުމުގެ ސަބަބުން ލިބޭ ގެއްލުމެއް ނެތްކަމަށެވެ. އަދި ޕީޕީއެމުން މިހަރަކާތާ ގުޅުނު ފަރާތްތަކުގެ އަޒުމާއި ޖޯޝް އެހުކުމުގެ ސަބަބުންވީ އިތުރު ކަމަށްވެސް އެޕާޓީތަކުން ބުންޏެވެ.

 

ތުޅާދޫގައި ހިނގާލުމެއް ބާއްވާފައިވާއިރު ހުކުރު ދުވަހުގެރޭ އެރަށު މަޝްހޫރު "ފޯރ ފިފްޓީ ސަރަހައްދުގައި" ޚާއްޞަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިޖަލްސާ އޮންނާނީ ހުކުރު ދުވަހުގެރޭ 9:30 ގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް