Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 19:14
ހުކުރު ދުވަހު ހަރުގޭގައި ކުރިއަށްދިޔަ ހަރަކާތުގެ ތެރެއިން
ހުކުރު ދުވަހު ހަރުގޭގައި ކުރިއަށްދިޔަ ހަރަކާތުގެ ތެރެއިން
ރާއްޖެ އެމްވީ
އިދިކޮޅު ހަރަކާތް
ރައްޔިތުން އެކުގައި ބާރަށް ފުމެލިޔަސް މި ސަރުކާރު ވެއްޓޭނެ: އާޒިމް
ރައީސް ޔާމީނާއި އެކު ސިޔާސީ އެއްވެސް މީހަކު ނެތް: އާޒިމް
ހަރުގޭގައި ކުރިއަށްދިއަ ހަރަކާތް ނިންމާލީ ކުނޫޒުން
ކުނޫޒަށް ދިއަ ބައެއް މީހުންނަށް ފުލުހުން ވަނީ ހުރަސް އަޅާފަ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރަށް ގޮތްހުސްވެފައިވާ ކަމަށާ، ސަރުކާރު މިހާރު އޮތީ ރައްޔިތުން އެކުގައި ބާރަށް ފުމެލިޔަސް ވެއްޓޭ ފަދަ ހާލަތެއްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިޙާދުން އިންތިޒާމްކޮށްގެން ހުކުރު ދުވަހު ހަވީރު ބޭއްވި ސައިފޮދު ހަރަކާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، އެގި ގޮތްގޮތުން ރައީސް ޔާމީންގެ ފަޅިއަށް ރައްޔިތުން އިތުރުކުރަން މަސައްކަތް ކުރި ނަމަވެސް މިއަދު އެފަޅިއަށް އަރާނެ ރައްޔިތަކު ނެތް ކަމަށާ، ރައީސް ޔާމީނާއި އެކު ސިޔާސީ އެއްވެސް މީހަކުވެސް ހަޤީޤަތުގައި ނެތް ކަމަށެވެ.

"ފައިސާވެސް އޮފަރ ކުރޭ، ވަކި މީހެއް ބެލުމެއް ނެތް، އެހެން ނަމަވެސް އެ ފަޅިއަށް އަރާނެ މީހަކު މިއަދަކު އަޅުގަނޑުމެންގެ މި ރާއްޖެއަކުން ނުފެނޭ. ސަބަބުތަކެއް ނެތީކީ ނޫން. ޔާމީން ޢަބްދުލްޤައްޔޫމް ކައިރީގާ ސިޔާސީ ހަމަ އެންމެ މީހަކުވެސް ނެތޭ ދަންނަވާލެވިދާނެ"، އާޒިމް ވިދާޅުވިއެވެ.

އާޒިމްގެ އިތުރުން ހުކުރު ދުވަހުގެ ހަރަކާތުގައި އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ހެންވޭރު އާޓިފިޝަލް ބީޗު ކައިރީގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އެމްޑީޕީ ހަރުގޭގައި މި ހަރަކާތް ކުރިއަށް ގެންދިޔަ ނަމަވެސް ހަރަކާތް ނިންމާލާފައިވަނީ މާފަންނުގައި ހުންނަ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި އޮތް ސައިފޮދަކުންނެވެ.

ހުކުރު ދުވަހުގެ ހަރަކާތް ކުރިއަށްދިޔަ އިރު އެމްޑީޕީ ހަރުގެ ސަރަޙައްދުގައި ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް، އެ ސަރަޙައްދުގައި އިދިކޮޅު ހަރަކާތަށް ފުލުހުން ހުރަސް އަޅާފައެއް ނުވެއެވެ. ހަރުގެ ކައިރިން އިދިކޮޅު ފަރާތްތަކަށް ހުރަސް ނޭޅި ނަމަވެސް، ހަރުގެ ހަރަކާތަށްފަހު މަޖީދީ މަގުން، ކުނޫޒަށް ދިޔަ އިދިކޮޅު ބައެއް ފަރާތްތަކަށް ހުރަސް އެޅުމަށް ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޝާން އަނީސް
- ކޮމެންޓް