އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ އަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ތާއީދު ކުރާ އެއް ފުޓުބޯޅަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ޕްރީސީޒަން ޗުއްޓީ ނިންމާލުމަށްފަހު އައު ކުލަބު އެމެރިކާގެ މޭޖަ ސޮކާ ލީގުގެ އިންޓަމިއާމީއާ ގުޅުމަށް މިހާރު ދަތުރު ފަށައިފަ އެވެ.
ޗުއްޓީގައި މެސީ ވަނީ ގިނަ ފޮޓޯތަކެއް އާއްމުކޮށްފަ އެވެ. ކޮންމެ ފޮޓޯއެއްގައި ވެސް ކެޕްޝަނެއްގެ ގޮތުގައި މައިގަނޑު ގޮތެއްގައި އޭނާ ބޭނުންކޮށްފައިވަނީ ހޭޝްޓެގާއެކު އާއިލާ ޖަހައިފަ އެވެ.
އެއް ފޮޓޯގައި ފެންނަނީ އޭނާ އާއި އަންހެނުން އަދި ތިން ކުދިންނެވެ. އަނެއް ދެ ފޮޓޯއިން ފެންނަނީ އޭނާ އާއި އަންހެނުން އެންޓޮނެއްލާ ހުއްޓިތިބޭ ތަނާއި ޖެޓްސްކީ ދުއްވާ މަންޒަރެވެ. ދުނިޔޭގެ ގިނަ ނޫސްތަކުން ބުނަނީ މިއިން އެއްވެސް ފޮޓޯއަކުން މެސީ ހުރީ ކޮންތަނެއްގައި ކަށަވްރުނުވާ ކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރަނީ އެންމެ ފަހުން އާއްމުކުރި ފޮޓޯތަކަކީ ކެރީބިއަންގެ ގައުމެއްގެ ފޮޓޯތަކެއް ކަމުގައެވެ.
ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ބާސެލޯނާގެ ކުރީގެ ކެޕްޓަން މެސީ މިއަދު އޭނާގެ އައު ކުލަބާ ގުޅެން އެމެރިކާ އަށްދާނެ އެވެ. މަޝްހޫރު ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އިންޓަމިއާމީގެ ކުޅުންތެރިއެއްގެ ގޮތުގައި މެސީ ދައްކާލުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މި ރަސްމިއްޔާތުގައި އެކުލަބާ އަލަށް ކުޅުނު ބާސެލޯނާގެ ކުރީގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ވެސް ތައާރަފްކުރުން އޮންނާނެ އެވެ.
މެސީ މިއާމީ އަށް ކުޅެން ނިންމީ އޭނާގެ އެހީ އަށް ބާސެލޯނާ އާއި ސައުދީ ލީގުގެ ކުލަބުތަކުން ވެސް އެދިއެދި ތިއްބަ އެވެ.
އަހަރެން އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރުމުން އަހަރެންގެ އާއިލާ އެކަމާ އުފާކުރޭ. ވޯލްޑްކަޕް ކާމިޔާބު ކުރެވުމުން މިހާރު އަހަރެން ބޭނުންވަނީ ޕްރެޝަރެއްނެތި ކުޅެންމެސީ