ކ. މާލެ
|
12 ޖުލައި 2023 | ބުދަ 07:05
ޕައުލް ޕޮގްބާ: އޭނާ ވިއްކާލުން ގާތް
ޕައުލް ޕޮގްބާ: އޭނާ ވިއްކާލުން ގާތް
ގޫގުލް
ޔުވެންޓަސް
ޕޮގްބާ ފޮނުވާލައި 27 މިލިއަން ޕައުންޑް ސަލާމަތްކުރަނީ
އޭނާ ކުޅުނު ކޮންމެ މިނިޓަކަށް 49689 ޕައުންޑް ޖެހުނު

ޔުވެންޓަސްއިން އެކުލަބުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ސައޫދީ ލީގަށް ވިއްކާލައިގެން 27 މިލިއަން ޕައުންޑް ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ހިލޭ ޓްރާންސްފާއެއްގައި ހުސްވި ސީޒަނުގައި ޕޮގްބާ ޔުވެންޓަސްއަށް ގެނައި ނަމަވެސް އޭނާ އަށް ކުރި އިންވެސްޓްމަންޓް ކަވަރު ނުކުރެވިދާނެ ކަމުގެ ބިރު ޔުވެންޓަސް އަށް ވަނީ ހީވެފަ އެވެ. ސަބަބަކީ 30 އަހަރުގެ މިޑްފީލްޑަރަށް އަނިޔާވެ، އެކަށީގެންވާ އަދަދަށް މެޗުތައް ކުޅެވިފައިނުވާތީ އެވެ.

ޕޮގްބާ މިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް ކުޅެދިނީ އެންމެ 10 މެޗެވެ. އޭނާ އަކީ އަހަރަކު އެކުލަބުން 6.8 މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައި ލިބޭ ކުޅުންތެރިއެކެވެ. ނަމަވެސް އެންމެ 10 މެޗު ކުޅެން ޖެހުމުން އޭނާ ކުޅުނު ކޮންމެ މިނިޓަކަށް 49689 ޕައުންޑް އެކުލަބުގެ މުސާރައިން އޭނާ އަށް ހޭދަވެފައިވާ ކަމަށް ދައްކަ އެވެ.

ކުރީގެ ފޯމަށް އާދެވިފައިނުވާތީ ޔުވެންޓަސްއިން ގަބޫލުކުރަނީ މިއީ ޕޮގްބާ ފަދަ ކުޅުންތެރިއަކަށް ކުރި އިންވެސްޓްމަންޓާ އަޅާބަލާއިރު އެކުލަބަށް ލިބޭ ބޮޑު ގެއްލުމެއްގެ ގޮތުގަ އެވެ. އެއީ މާލީ މައްސަލަތަކުގެ ސަބަބުން ކުލަބުގެ ހަރަދު ކުޑަކުރަން ޖެހިފައިވުމާއި ފީފާ ފައިނޭންޝަލް ފެއާޕްލޭއަށް ފެތުމުގެ ގޮތުން ކުޅުންތެރިންގެ މުސާރައަށް ކުރާ ހޭދަވެސް ކުޑަކުރަން ޖެހިފައިވާތީ އެވެ.

މިހެންވެ ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ވިއްކާލަން އެކުލަބަށް ދަނީ މަޖުބޫރުވަމުންނެވެ. ޕޮގްބާ ވިއްކާލައިފިނަމަ 27 މިލިއަން ޕައުންޑް އޭނާގެ މުސާރައިން ޔުވެންޓަސްއަށް ސަލާމަތް ކުރެވެން އޮތްއިރު އޭނާ ގަތުމަށް ސައޫދީ އަރަބިއްޔާގެ އަލް އިއްތިހާދުން ދަނީ މަސައްކަތް ކުރަމުންނެވެ. އެކުލަބުން ވަނީ ތިން އަހަރަށް 85.6 މިލިއަން ޕައުންޑް ލިބޭ ހުށަހެޅުމަށް ޕޮގްބާ އަށް ހުށަހަޅާފަ އެވެ.

މިދިޔަ މަހު އުމުރާގެ އަޅުކަމަށް ސައޫދީ ލީގަށް ދިއުމަށްފަހު ޕޮގްބާ އޭނާގެ ޓިކްޓޮކް އެކައުންޓު މެދުވެރިކޮށް ބުނެފައިވަނީ އޭނާ ސައޫދީ ލީގުން ފެނުމާމެދު ވަކިއެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

އަހަންނަށް ވެސް އެކަކަށް ވެސް މާދަމާ ވާނެ ގޮތެއް ނޭނގޭނެ. އަލް އަހްލީ ކަމެއް އަލް އިއްތިހާދު ކަމެއް ނޭނގެ. ބަލަން ތިބެމާ ހިނގާ
ޕޮގްބާ
- ކޮމެންޓް