ރައޔްިތުންގެ ބަދަލުގެ ނަމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން ބާއްވާ ޖަލްސާތަކުގެ ތެރެއިން ގދ. ތިނަދޫގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
މިޖަލްސާ އޮންނާނީ ތިނަދޫ އެމްޑީޕީ ހަރުގޭގައި މިރޭ 21:00 ގައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޓީމުން ތިނަދޫއަށް ވަޑައިގަތުމުން، އެ ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
މިއީ ފާއިތުވި އަހަރުތަކުގައި ގުޅިފައިވާ ޕާޓީތަކުން ތިނަދޫގައި މިގޮތަށް ބާޢްވާ ފުރަތަމަ ޖަލްސާއެވެ. މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވާހަކަދައްކަވާނެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރާއި އަދަލާތު ޕާޓީގެ ފޮއިން ރިލޭޝަންސް ކޮމިޓީގެ ރައީސް ޝިދާތާ ޝަރީފްވެސް ބައިވެރިވާނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންވެސް މިޖަލްސާގައި ވާހަކަދައްކަވާނެއެވެ.
ރާޢްޖޭގެ ތިން ސަރަހައްދަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ބާއްވަމުންދާއިރު ގއ. ވިލިނގިލީގައި ވަނީ ޖަލްސާއެއް ބާއްވާފައެވެ. އަދި މާދަމާރޭ ގދ. ގައްދޫގައިވެސް ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.