ކ. މާލެ
|
11 ޖުލައި 2023 | އަންގާރަ 17:53
ޕީއެސްޖީން ކުޅުނު މެޗެއްގައި އަނިޔާވެ ނޭމާ ދަނޑު މައްޗަށް ވެއްޓިފައި
ޕީއެސްޖީން ކުޅުނު މެޗެއްގައި އަނިޔާވެ ނޭމާ ދަނޑު މައްޗަށް ވެއްޓިފައި
ރޮއިޓާރސް
ނޭމާ
މެޑިކަލް ޓެސްޓުން ފެއިލްވެ، ނޭމާއަށް އިތުބާރު ގެއްލެނީ
 
އޭނާ ވިއްކާލަން ޕީއެސްޖީން ވަނީ ނިންމާފައި

ޕީއެސްޖީގެ ކުޅުންތެރިން ޕްރީ ސީޒަން ފެށުމުގެ ކުރިން ހެދި މެޑިކަލް ޓެސްޓުން، ބްރެޒިލްގެ ތަރި ނޭމާ ސަންޓޯސް ޖޫނިއާ ފެއިލްވެއްޖެއެވެ.

ފްރާންސްގެ މީޑިއާތަކުން ބުނަނީ ނޭމާގެ ކަކުލަށް، ހުސްވި ސީޒަނުގައި ލިބުނު އަނިޔާއިން އަދިވެސް އަރައިނުގަނެވޭ ކަމަށެވެ. މިހެންވެ އޭނާގެ ބޭނުން ނުހިފިދާނެ ކަމަށް ބަލައި، އޭނާ ވިއްކާލުމުގެ ހިޔާލު ކުލަބުގައި ވަރަށް ބޮޑުވެއްޖެ ކަމަށެވެ.

ނޭމާއަށް ބާސެލޯނާގައި ކުރިން ކޯޗުކޮށްދިން ލުއިސް އެންރީކޭ، ޕީއެސްޖީގެ ކޯޗަކަށް ހަމަޖެއްސިނަމަވެސް، ކުޅުންތެރިޔާ ވިއްކާލުމަށް އެންރީކޭގެ ރުހުން އެބައޮތެވެ.

ޕީއެސްޖީން ކަންބޮޑުވަނީ ނޭމާއަށް ގާތްގާތުގައި އަނިޔާގެ މައްސަލަތައް ދިމާވުމާއި ހާއްސަކޮށް އޭނާގެ ކަކުލަށް ލިބޭ އަނިޔާގެ ސަބަބުން އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީއެވެ. ދުނިޔޭގެ ރެކޯޑް ފީއަކަށް ބާސެލޯނާއިން 222 މިލިއަން ޑޮލަރަށް ޕީއެސްޖީއަށް ގެނައި ނޭމާ ވިއްކާލަން ޕީއެސްޖީން ވަނީ ޗެލްސީއާ މަޝްވަރާކޮށްފައެވެ. ނަމަވެސް އެ ކުލަބުން ކިޔާ 60 މިލިއަން ޑޮލަރަށްވުރެ ބޮޑަށް ޗެލްސީއަށް ދަތިވީ ނޭމާއަށް ދޭން ޖެހޭ މުސާރަ ބޮޑުވުމުގެ ސަބަބުންނެވެ.

އަނެއްކޮޅުން އެންމެ ގާތް އެއް އެކުވެރިޔާ އާޖެންޓީނާގެ މެސީ، ކުލަބު ދޫކޮށްދިއުމާއެކު ޕީއެސްޖީން ދޫކޮށްލަން ނޭމާ ހުރީ ތައްޔާރަށެވެ. އޭނާ އެންމެ ދާން ބޭނުންވަނީ ކުރީގެ ކުލަބު ބާސެލޯނާއަށެވެ. ނަމަވެސް އެކުލަބުގެ މެނޭޖްމަންޓާއި ކޯޗިން ޓީމުންވެސް، ތަފާތު ސަބަބުތަކާހުރެ ނޭމާ އެނބުރި ގެނައުމަށް ހިޔާލެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
13%
13%
27%
27%
0%
20%
ކޮމެންޓް