ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 22:25
ބައިޑަން، އިނގިރޭސި ރަސްގެފާނު ޗާރލްސް އަރިހުގައި
ބައިޑަން، އިނގިރޭސި ރަސްގެފާނު ޗާރލްސް އަރިހުގައި
ރޮއިޓަރސް
ބައިޑަން އިނގިރޭސިވިލާތަށް ވަޑައިގެންނެވުން
އެމެރިކާގެ ރައީސް، އިނގިރޭސި ރަސްގެފާނާއި ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
 
ބައިޑަން ވަނީ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ރަސްގެފާނު ޗާލްސްއާ މަޝްވަރާކުރައްވާފައި

އެމެރިކާގެ ރައީސް ޖޯ ބައިޑަން މިހާރު ޔޫރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްއާއި، ބޮޑުވަޒީރު ރިޝީ ސުނާކްއާ ބައްދަލުކުރައްވައިފިއެވެ.

ނޭޓޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން ބައިޑަން އިނގިރޭސިވިލާތަށް ވަޑައިގެން، ރަސްގެފާނު ޗާލްސްއާއެކު ވަނީ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ބައިޑަން އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ ދެގައުމުގެ ގުޅުމާބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން މިހާރުވެސް ވަރުގަދަކޮށް އޮތް ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަދެއްކެވިއިރު، ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މަޝްވަރާކުރައްވަން ހުރިކަމަށް ވަނީ ދެ ބޭފުޅުންވެސް ވިދާޅުވެފައެވެ.

ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ކުރިޔަށްދިޔަ ބައްދަލުކުރެއްވުމަށްފަހު ބައިޑަން ވަނީ އިނގިރޭސި ރަސްގެފާނާ ބައްދަލުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް