ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 06:43
ލޫކަސް ހެނާންޑޭޒް ޕީއެސްޖީއަށް ސޮއިކުރުމަށްފަހު: ފޮޓޯ-ޕީއެސްޖީ
ލޫކަސް ހެނާންޑޭޒް ޕީއެސްޖީއަށް ސޮއިކުރުމަށްފަހު: ފޮޓޯ-ޕީއެސްޖީ
ލޫކަސް ހެނާންޑޭޒް ޕީއެސްޖީއަށް
ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް ޕީއެސްޖީއަށް
 
ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައި

ބަޔާން މިއުނިކަށް ކުޅެމުން އައި ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް ޕީއެސްޖީއަށް ބަދަލުވެއްޖެއެވެ.

ފްރާންސް ގައުމީ ޓީމްގެ ޑިފެންޑަރު ޕީއެސްޖީއާއެކު ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. ރިޕޯޓުތައް ބުނާގޮތުން 27 އަހަރުގެ ހެނާންޑޭޒްގެ ސޮއި ޕީއެސްޖީން ހޯދީ 34 މިލިއަން ޕައުންޑަށެވެ. ބަޔާންއަށް 107 މެޗު ކުޅުމަށްފަހު އެކްލަބް ދޫކޮށްލި ޑިފެންޑަރު ބުނީ ޕީއެސްޖީއަށް ކުޅުމަކީ އޭނާ ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީއަށް ބަދަލުވެވުނު ދުވަހަކީ ހަޔާތުގައި ވަރަށް ޚާއްޞަ ދުވަހެއް ކަމަށެވެ.

ލޫކަސް ހެނާންޑޭޒް ވަނީ ބަޔާންއާއެކު ފުރަތަމަ ސީޒަންގައި ތިން ތަށި ކާމިޔާބުކޮށްފައެވެ. އެސީޒަންގައި ޗެމްޕިއަންސް ލީގު ހޯދީ ފައިނަލްގައި ޕީއެސްޖީ ބަލިކޮށްފައެވެ. ޤައުމީ ޓީމާއެކު 2018 ވަނަ އަހަރު ވަރލްޑްކަޕް ހޯދިއެވެ. މިދިޔަ އަހަރު ފްރާންސް ފައިނަލަޑް ދިޔަ ޓީމްގައިވެސް އޭނާ ހިމެނެއެވެ. އެކަމަކު ގްރޫޕް ސްޓޭޖްގައި އޮސްޓްރޭލިޔާ އަތުން މޮޅުވި މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން އެމުބާރާތް އޭނާއަށް ނިމުނީއެވެ.

ލޫކަސް ހެނާންޑޭޒްގެ ކޮއްކޮ ތިއޯ ހެނާންޑޭޒް ކުޅެމުން އަންނަނީ އިޓަލީގެ އޭސީ މިލާނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް