Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 15:38
ލުެކިޔުންތައް ބަދަލުކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމަށް ޤާސިމް އިބްރާހިމް ވަދެވަޑައިގަންނަވަނީ
ލުެކިޔުންތައް ބަދަލުކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމަށް ޤާސިމް އިބްރާހިމް ވަދެވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ޤާސިމްގެ ޝަރީއަތް
މިރެއަށް ތާވަލްކުރި ޤާސިމްގެ ޝަރީއަތް ކެންސަލްކޮށްފި
ގާސިމް އިބްރާހިމްގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިރޭ 8:30 އަށް
އިއްޔެ ވަނީ ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދައުވާތަކާއި ގުޅޭ ލިޔުންތައް ހަވާލުކޮށްފަ
ޤާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް ކޮށްފަ

ޤާސިމް އިބްރާހިމްގެ މައްޗަށްކުރާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް ހުކުރު ދުވަހަށް (މިއަދަށް) ތާވަލްކުރުމަށްފަހު، ކުއްލި ގޮތަކަށް ކެންސަލްކޮށްފި އެވެ.

 

ގާސިމް އިބްރާހިމްގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައި އޮތީ މިރޭ 8:30 އަށެވެ.

 

ދައުލަތުން މީގެ ކުރިން ޤާސިމްގެ މައްޗަށް އުފުލި ތިން ދައުވާއެއް ކޯޓުން ބާތިލް ކުރުމުން، ބުރާސްފަތި ދުވަހު ދައުލަތުން ވަނީ އެ މައްސަލަތައް އަލުން ކޯޓަށް ވައްދާފައެވެ. މައްސަލައާއި ގުޅޭ ލިޔެކިޔުންތައް ބުރާސްފަތި ދުވަހުގެ ހެނދުނު ވަނީ ގާސިމްއާއި ހަވާލުކޮށްފައެވެ. ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާކޮށްފަ އެވެ.

 

ބުރާސްފަތި ދުވަހު މައްސަލައިގެ ލިޔެކިޔުންތައް ބަދަލުކުރުމަށް ބޭއްވި ބައްދަލުވުމަށްފަހު ކްރިމިނަލް ކޯޓުން ނިކުމެވަޑަިއގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ ވަކީލުން އެމައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ހިއްސާ ކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިމައްސަލަތައް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

 

މިމަހުގެ ދެ ވަނަ ދުވަހު އަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ލިޔެކިޔުންތައް ބަަދަލުކޮށް، އިބްތިދާއީ އަޑުއެހުމެއް ބާއްވަން ޖެހެއެވެ. މައްސަލައިގެ ޝަރީއަތް ފަށާނީ އިބްތިދާއީ އަޑުއެހުމަކަށް ފަހުއެވެ. އެހެންކަމުން ހުކުރު ދުވަހު އޮންނާނީ ގާސިމްގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 ޖުލައި 2017 | ހުކުރު 17:19
Saleem
ޤާނޫނު އަސާސީ ކޮބާތޯ! މިހާރު ޤާނޫނު އަސާސީގައި 5 ލިޔެފައިވާތީ ސުޕްރީމް ކޯޓުން މާނަ ކުރީމާ އަންނަނީ 3. ޤާނޫން އަސާސީ ހެދި މެމްބަރުން ހިތުން 5 އެކަމު އާޙިރުގައު 5 = 3. ހިސާބު އިލްމުގެ ގޮތް ނޭންގޭ ފޯރމިއުލާއެއް ޝަރުއީ ޢިލްމުގައި އޮވޭތޯ.