ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 12:47
ގއ. ވިލިނގިލީގައި ހުކުރު ނަމާދަށް ފަހު ދުޢާކުރުން
ގއ. ވިލިނގިލީގައި ހުކުރު ނަމާދަށް ފަހު ދުޢާކުރުން
ރާއްޖެއެމްވީ
ގއ. ވިލިނގިލީ
ގއ. ވިލިނގިލީގައި ހުކުރު ނަމާދަށްފަހު ދުޢާ ކޮށްފި
މިއަދުގެ ދުއާގައި ގިނަ ބަޔަކު ބައިވެރިވި
ދުއާކުރަން ފެށީ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމުން
އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ދުޢާކޮށްފައިވޭ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުމަށާއި، ސިޔާސީ ކުށްވެރިން މިނިވަންކޮށްދެއްވުމަށް އެދި ގިނަ އަދަދެއްގެ ބަޔަކު މިއަދު ގއ. ވިލިނގިލީގައި ދުއާކޮށްފި އެވެ.

ވިލިނގިލި ހުކުރު މިސްކިތުގައި ކުރިއަށްގެންދިޔަ މި ދުއާ ކުރުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ދުއާގައި އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއި ޖުމްހުރީ ޕާޓީގެ އިތުރުން ރައީސް މައުމޫނަށް ތާއީދުކުރައްވާ ސިޔާސީ އަދި އަމިއްލަ ފަރާތްތަކުން ބައިވެރިވިއެވެ.

މި ދުއާކުރަން ފެށީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކޮށްފައި ބެހެއްޓި މައްސަލައިގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު 2015 ވަނަ އަހަރު ހައްޔަރުކުރުމާ ގުޅިގެންނެވެ. އެއަށް ފަހު ކޮންމެ ހުކުރު ދުވަހެއްގައި ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ހުއްޓުމެއްނެތި ދުއާ ކުރަމުން ގެންދެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވާފައިވާ އިރު ސީޔާސީ އެހެން ގިނަ ފަރާތްތަކެއް ވެސް މި ވަގުތު ތިބީ ޖަލުގައެވެ.

އަދި އެންމެ ފަހުން ސަރުކާރާ ދެކޮޅަށް އަޑުއުފުލި ގާސިމްގެ މައްޗަށް އަލުން ވަނީ ދައުވާ އުފުލާފައެވެ.

މީގެ އިތުރުން ސަރުކާރާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތައް އެކީގައި މަސައްކަތް ކުރަން ފަށާފައެވެ.

- ކޮމެންޓް
14 ޖުލައި 2017 | ހުކުރު 14:23
Hasan
Yameen ge verikan nimeythoa dhuaa kurun ran'galhu. Ekamaku Anni ah dheefaivaa adhabakee eynaa ah dheyn jehey adhabeh. Eynaa gaazee hayyaru koffai vanee qaanoon aa khilaafah kan e ee shakkeh oiy kameh noon.