ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 19:43
ކިލިއަން އެމްބާޕޭ
ކިލިއަން އެމްބާޕޭ
ރޮއިޓާރސް
އެމްބާޕޭ
ޕީއެސްޖީގައި އޮތީ ބައިބައިވުން އުފެދިފަ: އެމްބާޕޭ
 
އެމްބާޕޭގެ އެއްބަސްވުމުގެ މުއްދަތު 2024 ވަނަ އަހަރު ހަމަވާނެ

ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭގެ މުސްތަގުބަލާ މެދު ނުތަނަވަސްކަން އުފެދިފައިވާއިރު، އޭނާގެ ކުލަބު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި އޮތީ "ބައިބައިވުން" އުފެދިފައިކަމަށް އޭނާ ބުނެފިއެވެ.

ޕީއެސްޖީގައި ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2024 ވަނަ އަހަރު ހަމަވާ، އުމުރުން 24 އަހަރުގެ އެމްބާޕޭ މިހެން ބުނީ ފްރާންސް ފުޓުބޯޅަ މަޖައްލާއެއްގައެވެ. ޕީއެސްޖީއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ވަނީ އައު އެއްބަސްވުމެއްގައި ސޮއިކުރަން ދެކޮޅު ހަދާފައެވެ.

އަހަރެން ދެކޭ ގޮތުގައި ޕީއެސްޖީއަށް ކުޅުމުން މާބޮޑު ފައިދާއެއް ނުކުރަނީ އެއީ ބައިބައިވާ ކުލަބަކަށް ވާތީ
އެމްބާޕޭ

ޕީއެސްޖީގެ ޗެއާމަން ނާސިރު އަލް ޚެލައިފީ ވިދާޅުވީ އަންނަ ހޫނު މޫސުމުގައި އެމްބާޕޭގެ އެއްބަސްވުން ހަމަވާއިރު ހިލޭ ޓްރާންސްފާއެއްގައި އެމްބާޕޭ އަށް ފުރުސަތު ނުދޭނެ ކަމަށެވެ.

2017 ވަނަ އަހަރު މޮނާކޯއިން ޕީއެސްޖީއާ ގުޅުނު ފަހުން ޕީއެސްޖީއާއެކު ފަސް ފަހަރު ފްރާންސް ލީގު ކާމިޔާބުކޮށްފައިވާ އެމްބާޕޭ ވަނީ މިދިޔަ ސީޒަނުގައި ހުރިހާ މުބާރާތެއް ހިމެނޭހެން 41 ލަނޑު ކާމިޔާބުކޮށް އެ ކުލަބަށް 11 ވަނަ ލީގު ޗެމްޕިއަންކަން ހޯދައިދީފައެވެ. ނަމަވެސް ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބަޔާން އަތުން ބަލިވެ، ޗެމްޕިއަންސް ލީގު ހޯދުމަށް ޓީމުން ކުރި މަސައްކަތް އަނެއްކާވެސް ނާކާމިޔާބުވިއެވެ.

މި ހޫނުމޫސުމުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ޕިއެސްޖީ ދޫކޮށް އިންޓަ މިއާމީއާ ގުޅެން ނިންމާފައިވާއިރު، ނޭމާވެސް އޭނާގެ މުސްތަގުބަލާމެދު އަދި ގޮތެއް ނުނިންމައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
17%
17%
17%
0%
50%
ކޮމެންޓް