ކ. މާލެ
|
9 ޖުލައި 2023 | އާދީއްތަ 16:33
ލީ ކަންގް-އިން
ލީ ކަންގް-އިން
ޓްވިޓަރ
ޕީއެސްޖީ
ދެކުނު ކޮރެއާގެ ލީ ކަންގް-އިން ޕީއެސްޖީއަށް
 
ލީ ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައި

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން، ރެއާލް މަޔޯކާއަށް ކުޅޭ ދެކުނު ކޮރެއާގެ އިންޓަނޭޝަނަލް ކުޅުންތެރިޔާ ލީ ކަންގް-އިން ސޮއިކޮށްފިއެވެ.

ސްޕެއިންގެ ޓީމާއެކު ދެ އަހަރު ހޭދަކުރި އުމުރުން 22 އަހަރުގެ މިޑްފީލްޑަރު ފްރާންސްގެ ޗެމްޕިއަނުންނާއެކު ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. ލީއަކީ މިޑްފީލްޑަރު މެނުއަލް އުގާޓޭއާއި ސެންޓްރަލް ޑިފެންޑަރު މިލާން ސްކްރިނިއާ، އަދި ފޯވާޑް މާކޯ އަސެންސިއޯއަށްފަހު ޕީއެސްޖީއަށް ހޫނު މޫސުމުގައި ސޮއިކުރި ހަތަރުވަނަ ކުޅުންތެރިޔާއެވެ.

ލީ ބުނީ، ޕީއެސްޖީއާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ޓީމަކީ މޮޅެތި ކުޅުންތެރިންތަކެއް ހިމެނޭ، ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށެވެ. ދެކުނު ކޮރެއާއަށް 19 މެޗު ކުޅެފައިވާ ލީ ވަނީ، މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕުގައި ވެސް ކުޅެފައެވެ.

ޕީއެސްޖީން ވަނީ ކްރިސްޓޮފް ގަލްޓިއޭ މަގާމުން ވަކިކުރުމަށްފަހު، ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ހަމަޖައްސާފައެވެ.

ޕީއެސްޖީން ޓީމަށް ގިނަ ބަދަލުތަކެއް ގެންނަމުންދާއިރު، ކިލިއަން އެމްބާޕޭއާމެދު ވެސް ވަނީ ނުތަނަވަސްކަމެއް އުފެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް