Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 11:03
ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އިނާމު ހަވާލުކުރައްވަނީ
ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު އިނާމު ހަވާލުކުރައްވަނީ
ރައީސް އޮފީސް
އޯލެވެް އިމްތިހާން
އޯލެވެލް އިމްތިހާނުގެ އެއްވަނައަށް 126 ދަރިވަރުން
ގަދަ 10 ގައި 589 ދަރިވަރުން ވަނީ ހިމެނިފައި

މިދިޔަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގެ އެއްވަނައިގައި 126 ދަރިވަރުން ހިމެނިއްޖެއެވެ.

އޯލެވެލް ޓޮޕް އެޗީވާސްއަށް އިނާމް ދިނުމަށް ބުރާސްފަތި ދުވަހުގެ ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ އެންމެ ރަނގަޅު ނަތީޖާ ހާޞިލްކުރި 126 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ނައިބު ރައީސް އަބްދުﷲ ޖިހާދުއެވެ.

މުޅި ދުނިޔޭގެ އެއްވަނާގައި ވަނީ 48 ދަރިވަރަކު ހިމެނިފައި ވެއެވެ.

އޯލެވެލް ގަދަ 10 އަދި ދުނިޔޭގެ ނިސްބަތުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ރޭ ބޭއްވި ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ގަދަ 10 ގައި 589 ދަރިވަރުން ވަނީ ހިމެނިފައެވެ.

އޯލެވެލްގައި  މިދިޔަ އަހަރު 17 ޕަސެންޓް ދަރިވަރުން އޭ ގްރޭޑް ވަނީ ހާސިލްކޮށްފައެވެ. އަދި 22 ޕަސެންޓް ދަރިވަރުން ބީ ގްރޭޑް މަތިންވަނީ ފާސް ވެފައެވެ.

އޯ ލެވެލްގައި ތިން މާއްދާ އިން ފާސްވި ދަރިވަރުންގެ ނިސްބަތް 79 ޕަސެންޓަށް މައްޗަށް ގޮސްފައިވާއިރު އޯލެވެލް އިމްތިހާނުގައި މިދިޔަ އަހަރު 5،410 ދަރިވަރުނވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް