Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 04:21
ކުރީގެ އިސްލާމިކް މިނިސްޓަރ ޑެރ މަޖީދު
ކުރީގެ އިސްލާމިކް މިނިސްޓަރ ޑެރ މަޖީދު
ޓްވިޓަރ
ހދ ކުޅުދުއްފުށި ޖަލްސާ
ސަރުކާރުން މަސައްކަތް ކުރަނީ ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ އަޑު ކަނޑުވާލަން:ޑރ. މަޖީދު
ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން ނިކުންނާނެ
ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ އަމަލުތަކުގެ ވާހަކަދައްކާ އެންމެން އަޑު ކަނޑުވާލުމަށް މަސައްކަތް ކުރޭ
ދައުލަތުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން

ގާނޫނު ހެދުމުގެ ބާރު ގާނޫނު އަސާސީން ހަަމައެކަނި ލިބިދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށާއި ދުސްތޫރުގެ ބެލެނިވެރިފަރާތެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައިނުވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހދ. ކުޅުއްފުށީގައި ބޭއްވި ބައްދަލުވުމުގައި މަޖީދު ވިދާޅުވީ، މިއަދު ސަރުކާރުގެ އަމަލުތައް ހުންނަ ގޮތަކީ ސަރުކާރުގެ ކޮރަޕްޝަނުގެ ކަންކަން ފާހަގަކުރާ މީހުންނަށް ބޮޑެތި އަދަބުތައް ދީ އެމީހުންގެ، އަޑު ކަނޑުވާލުމުގެ މަސައްކަތް ކަމަށެވެ. އެހެން ނަމަވެސް އެކަން ސަރުކާރަށް ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަން މިގޮތަށް ކުރުމުން، މަޖިލީހުގެ ތެރެއިން އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހުނީ ކަމަށް މަޖީދު ވިދާޅުވި އެވެ.

މަޖީދު ވިދާޅުވީ، ގާނޫނު އަސާސީގައި ކަންކަން މާނަކުރާ ގޮތަށް ބަލާ އިރު ގާނޫނު އަސާސީގައި ދައުލަތުގެ އެންމެ މަތީ ބާރަކީ ސުޕްރީމް ކޯޓުކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިނުވާ ކަަމަށެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރަކީ ސުޕްރީމް ކޯޓު ކަމަށްވެސް މަޖީދު ވިދާޅުވި އެވެ. ޑރ މަޖީދު ވިދާޅުވީ، ގާނޫނު އަސާސީގައި ދައުލަތުގެ ހުރިހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ތެރެއިން ކަމަށް ބަޔާންކޮށްފައިވާ ކަަމަށެވެ.

"މި މަސައްކަތް މަޖިލީހުގެ ތެރެއިން ފެށީމާ، މިއަދު ފެންނަނީ ތަފާތު ގޮތްގޮތް ބޭނުންކޮށްގެން މިކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ މަންޒަރު. ނަތީޖާއަކަށް ވާނީ ގައުމުގެ އަދުލު އިންސާފު ގެއްލި ގައުމު ފާލުން ނެއްޓި، ރައްޔިތުންނަށް ލިބިގެންވާ ބާރު ރައްޔިތުން ހިފުން،" ޑރ މަޖީދު ވިދާޅުވި އެވެ.

ދިވެހި ރައްޔިތުން ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުންގެ ހިމާޔަތުގައި ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނިކުންނާނެ ކަމަށާއި މިކަން އެއްވެސް ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް