Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 03:59
މެންބަރު ލަތީފު
މެންބަރު ލަތީފު
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރުގެ މައްސަލަ
ގޮނޑި ގެއްލުނަސް، އެނދު ގެއްލުނަސް ޕީޕީއެމްއަށް ނުދާނަން: ލަތީފް
މަސީހު މަސައްކަތް ކުރަނީ، ސަރުކާރުން ބުނާހާ ކަމެއް ކުރުމަށް
ހުށަހަޅާ ބިލްތަކުގައި ހުރި ކަންކަން ދިރާސާ ކުރުމަށް ފަރުވާލެއް ނުދެއްވާ
ސުޕްރީމް ކޯޓުގެ ނިންމުމުގެ ތެރެއިންވެސް ޕީޕީއެމްއަށް ފައިދާއެއް ނެތް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަޖިލީހުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަ ކޮޓަރީގައި ކަންކަން ކުރައްވާ އުސޫލުން ކަމަށާއި ގޮނޑި ގެއްލުނަސް، އެނދު ގެއްލުނަސް ޕީޕީއެމްއަށް އެނބުރި ބަދަލު ނުވާނެ ކަމަށް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ސުންގަނޑީގައި ވާހަކަދައްކަވަމުން ލަތީފު ވިދާޅުވީ، ގާނޫނުގެ ތެރެއިން ފުރިހަމަ ފުރުސަތު ދީފި ނަމަ، އެމަޤާމުގައި މަސީހު ނުހުންނަވާނެ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު މަސައްކަތް ކުރައްވަނީ ގަދަބާރާއި ނުޒޫފު ފޯރުވައިގެން މަޖިލީހުގެ ރައީސްގެ ގޮނޑީގައި އިންނަވާ މަންޒަރު ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރައްވަނީ މަޖިލީހުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ނަމަވެސް ސަރުކާރު ފެއިލްވެ މިހާ ހިސާބަށް އަންނަންޖެހުނީ ގާނޫނީ އިމުގެ ބޭރުން ކަންކަން ކުރެއްވުމުގެ ސަބަބުން ކަމަށް، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވުމަށް ފަހު، ޕީޕީއެމްއިން ވަކިވެވަޑައިގެން ހުންނެވި ލަތީފް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ހިތުގެ އަޑިން ހެޔޮ ނިއަތުގައި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތެއް ކުރި ނަމަވެސް އެ ފުރުސަތު މަޖިލީހުގެ ތެރެއިން ފަހިކޮށް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ސަރުކާރުގެ ބޭނުންވެއްޖެ ހިނދެއްގައި ހުކުރު ވަގުތެއް، ދަންވަރެއް ބެލުމެއްނެތި، މަޖިލީސްގެ ޖަލްސާ ބާއްވައި ކަންކަން ނިންމަމުންދާ ކަމަށް ލަތީފް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ހުކުމެއް ކޮށްފައިވާއި އިރު، އެ ހުކުމް އައިސްފައިވަނީ ސަރުކާރާއި ޕީޕީއެމްއިން އެންމެ އެދޭ ގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސީހު މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް ގެންނައީ ގާބިލް ބޭފުޅެއް ކަމަށް ބަލައިގެން. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ފެށުމުން އެނގިއްޖެ، ޑިމޮކްރެސީއާ ބީރައްޓެހި ބޭފުޅެއްކަން. އެމަނިކުފާނު ބޭނުންވަނީ އަމިއްލަ އުސޫލުތަކެއްގެ ތެެރެއިން.އިދިކޮޅު ފަރާތްތަކުގެ އެއްވެސް މެންބަރަށް އިހްތިރާމު ނުކުރައްވާ. އިސްލާހީ ބަދަލުތަކަށް މަސީހު އެއްވެސް ވަރަކަށް ގަޔާއެއް ނުވޭ. ބޯދާ ވިސްނުމުގެ ބޭފުޅެއްގެ ގޮތުގައި ފެންނަނީ،" ލަތީފު ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ ރައީސަކަށް ނުވާ އިރު، މަޖިލީހުގެ ތެރެއިން ތަފާތު އެތަށް ބިލެއް ފާސް ކުރުމަށް މަސައްކަތް ކުރެއްވި ވެސް ލަތީފް ވިދާޅުވި އެވެ.

ސަރުކާރު ބޭނުންވާހާ ކަންކަން ކުރުމަށް ރޮބަޓެއްހެން މަސީހު މަސައްކަތް ކުރެއްވި ނަމަވެސް، ހުރިހާ މެންބަރުން އެގޮތަށް މަސައްކަތް ކުރައްވަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ، މިއަދު މަސައްކަތް ކުރަނީ، ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ހޯދާދިނުމުގެ އިތުރަށް ދާއިރާއަށް ތަަރައްގީ ގެނައުމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
19 ޖުލައި 2017 | ބުދަ 19:05
ޙާލުގެ ދުލުން
ތިއުޅެނީ ގޮޑި ހޯދަން ސްޕްރީމް ކޯޓަށް ދާކަންނުން. ދާނެކަމެއްނެތް ޕީ.ޕީ.އެމަށް އެތަނުގައި ހުރީ ޕްލާސްޓިކް ގޮނޑި ވިއްޔާ އެޔެއް ކަމަކުނުދާނެ އެއްނުންދޯ
19 ޖުލައި 2017 | ބުދަ 08:03
ކަތީބް
މީހެއްގެ ވީޔާ ގޮތެއް ހުންނަންވާނެ. އެމްޕީ އިންނަކީ ގަދަރުވެރި ބަޔަކަށް ވާންވާނެ. ވަކި މީހެއްގެ ވަކިބައެއްގެ އަޅުންނަށް ވެގެން ނުވާނެ.