ކ. މާލެ
|
7 ޖުލައި 2023 | ހުކުރު 07:07
ޑި މާރިއާ
ޑި މާރިއާ
ގޫގުލް
ޑި މާރިއާ
ފްރީ އެޖެންޓެއްގެ ގޮތުގައި ޑި މާރިއާ އެނބުރި ބެންފީކާއަށް
އޭނާ ވަނީ ބެންފީކާއަށް 2007 ވަނަ އަހަރުން 2010 ވަނަ އަހަރުގެ ނިޔަލަށް ކުޅެފައި

ފްރީ އެޖެންޓެއްގެ ގޮތުގައި އަންހެލް ޑި މާރިއާ، އޭނާގެ ކުރީގެ ކުލަބު ބެންފީކާއަށް ބަދަލުވެއްޖެއެވެ.

އޭނާ ވަނީ ޕޯޗުގަލްގެ ކުލަބު، ބެންފީކާއަށް 2007 ވަނަ އަހަރުން 2010 ވަނަ އަހަރުގެ ނިޔަލަށް ކުޅެފައެވެ. އުމުރުން 35 އަހަރުގެ އާޖެންޓީނާގެ ކުޅުންތެރިޔާ ބެންފީކާއާ އަލުން ގުޅެނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމަކުންނެވެ.

ޕޯޗުގަލްގެ ޗެމްޕިއަނުންނާ އެކު ޑި މާރިއާ ހޭދަކުރި ފުރަތަމަ ފަހަރަކީ ސްޕެއިންގެ މަޝްހޫރު ރެއާލް މެޑްރިޑަށް އޭނާ ބަދަލުވުމުގެ ކުރިންނެވެ. އޭނާ ވަނީ ރެއާލް މެޑްރިޑާއެކު ސްޕެނިޝް ލީގާއި، ކަޕު އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގައި ކާމިޔާބު ހަތް އަހަރު ހޭދަކުރުމަށް ފަހު އާޖެންޓީނާގެ ކުޅުންތެރިޔާ މިދިޔަ ސީޒަން ހޭދަކުރީ އިޓަލީގެ ޔުވެންޓަސްއާ އެކުއެވެ.

ބެންފީކާއަށް ޑި މާރިއާ ގުޅޭނީ، މިދިޔަ އަހަރު ވޯލްޑް ކަޕު ކާމިޔާބުކުރި އިރު އޭނާ އާއެކު އާޖެންޓީނާ ޓީމަށް ކުޅުނު އެކުވެރި ނިކޮލަސް އޮޓަމެންޑީއާ ވެސް އެކުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް