ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 11:11
އިންޓަމިލާންގެ ކީޕަރު އަންދްރޭ އޮނާނާ
އިންޓަމިލާންގެ ކީޕަރު އަންދްރޭ އޮނާނާ
ޑެއިލީ މެއިލް
އިންޓަމިލާން
34 މިލިއަން މާކުޑަ، ކީޕަރު ވިއްކާނީ 50 މިލިއަނަށް
 
އޮނާނާ ވިއްކަން އިންޓަމިލާނުން ވިސްނާނީ ވެސް 50 މިލިއަން ޑޮލަރުގެ ހުށަހެޅުމަކަށް

އިންޓަމިލާނުގެ ކީޕަރު އަންދްރޭ އޮނާނާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން ހުށަހަޅާފައިވަނީ މާކުޑަ އަގެއް ކަމަށް އެކުލަބުން ބުނެފި އެވެ.

އިންޓަމިލާނުގެ ސްޕޯޓިން ޑައިރެކްޓަރު ޕިއެރޯ އައުސިލިއޯ ބުނީ ހުސްވި ސީޒަނުގައި އިންޓަމިލާނުގައޮ މޮޅަށް ކުޅުނު ކީޕަރު ގަތުމަށް ޔުނައިޓެޑުން ހުށަހެޅި 34 މިލިއަން ޑޮލަރު މާކުޑަ ކަމަށެވެ

އޭނާ އަކީ މިވަގުތު އަހަރުމެންގެ ކީޕަރު. އަހަރުމެން ބޭނުންވަނީ މޮޅު ކުޅުންތެރިންނާއެކު ކުރިއަށްދާން. އަހަރުމެން އޭނާ ވިއްކާނީ އަހަރުމެންނަށް އެއްބަސްވެވޭ ވަރުގެ ރަނގަޅު އަދަދެއް ލިބިގެން. އެވަރުގެ ފުރުސަތެއް ލިބިއްޖެނަމަ އަހަރުމެން އެކަމާ ވިސްނާނަން. މިވަގުތު އަހަރުމެން ނިންމައިގެން މިތިބީ ކުލައި 13ގައި ޕްރީ ސީޒަން ފަށާއިރު އޭނާ ކުލަބާ ގުޅޭނެ ކަމަށް
އައުސިލިއޯ

އިޓަލީގެ މީޑިއާތަކަށް ނުރަސްމީކޮށް އޭނާ ބުނެފައިވަނީ އޮނާނާ ވިއްކަން އިންޓަމިލާނުން ވިސްނާނީ ވެސް 50 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ލިބިއްޖެނަމަ ކަމަށެވެ.

އައުސިލިއޯ ބުނީ އިންޓަމިލާން ޗެމްޕިއަންސް ލީގަށް ވަރުގަދަ ކުރުމަށް އެންމެ ފުރަތަމަ ވިސްނުމަކީ ކުލަބުގައި ތިބި މުހިންމު ކުޅުންތެރިން ވިއްކާލުން ނޫން ކަމަށެވެ. މިހެންވެ ޓީމު ވަރުގަދަ ކުރުމަށް ޗެލްސީން ލޯނު އުސޫލުން ގެނައި ފޯވަޑް ރޮމެލޫ ލުކާކޫގެ ކޮންޓްރެކްޓް ދާއިމީ ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރަމުންދާ ކަމަށެވެ.

އިންޓަގެ ކީޕަރު ހޯދަން ޔުނައިޓެޑުން މަސައްކަތް ކުރަމުންދަނީ އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެޔާގެ ކޮންޓްރެކްޓް އާނުކުރަން ވެގެންނެވެ. އޭނާގެ ބަދަލުގައި ޓެންހަގެ ބޭނުންވަނީ މޮޅު އެހެން ކީޕަރެކެވެ. ސަބަބަކީ ޑެހެޔާގެ މިސްޓޭކްތައް ގިނަވުމާއި ޓެންހަގް ބޭނުންވާ ސްޓައިލްގެ ކުޅުންތެރިއަކަށް އޭނާ ނުވާތީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް