ކ. މާލެ
|
6 ޖުލައި 2023 | ބުރާސްފަތި 10:50
އެމްބާޕޭ (ކ) އާއި ޕީއެސްޖީގެ ރައީސް
އެމްބާޕޭ (ކ) އާއި ޕީއެސްޖީގެ ރައީސް
ޓްވީޓަރ
ޕީއެސްޖީ
ޕީއެސްޖީގައި ހުންނަ ނަމަ އެމްބާޕޭ ކޮންޓްރެކްޓް އައުކުރަންޖެހޭނެ: ޕީއެސްޖީގެ ރައީސް
 
ރައީސް ބުނަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ފްރީކޮށް އެހެން ކުލަބަކަށްދާނެ ދޫކޮށްނުލެވޭނެ ކަމަށް

ޕީއެސްޖީގައި މި ސީޒަނުގައި ހުންނަނަމަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ކޮންޓްރެކްޓް އައު ކުރަން ޖެހޭނެ ކަމަށް އެކުލަބުން ބުނެފި އެވެ.

ޕީއެސްޖީގެ ރައީސް ނަސީރު އަލް ޚެލައިފީ ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވީ ކުލަބުގެ ސްޓޭންޑް މިކަމުގައި ބަދަލު ނުވާނެ ކަމަށެވެ.

އޭނާ މިކުލަބުގައި ހުންނަން އަހަރުމެން ބޭނުން. އޭނާ ބުނެފައި އޮތީ ފްރީކުޅުންތެރިއެއްގެ ގޮތުގައި ކުލަބުން ނުދާނެ ކަމަށް. އެހެންވީމާ މި ކުލަބުގައި ހުންނަނަމަ އޭނާ ޖެހޭނީ ކޮންޓްރެކްޓް އާކުރަން. އޭނާ މިހެން ބުނެފައި ވިސްނުން ބަދަލު ކުރުމަކީ މިކުލަބުގެ މައްސަލައެއްނޫން. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ފްރީކޮށް އެހެން ކުލަބަކަށްދާނެ ދޫކޮށްނުލެވޭނެ
ޚެލައިފީ

ކުރިއަށް އޮތް ސީޒަނަށް ފަހު އެމްބާޕޭއަށް ކޮންޓްރެކްޓާ މެދު ބޭނުންގޮތަކަށް އަމަލުކުރެވިދާނެ އެވެ. ސަބަބަކީ އޭނާގެ ކޮންޓްރެކްޓްގެ ފަހު އަހަރުކަމަށްވާ 2025 ވަނަ އަހަރަކީ ބޭނުންވާނަމަ އެކްޓިވޭޓްކުރެވޭ އެއް އަހަރު ކަމަށްވާތީ އެވެ. ނަމަވެސް އޭނާ މިހާރު ވިސްނައިގެން ހުރީ ކުރިއަށް އޮތް ސީޒަނަށް ފަހު ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާށެވެ.

ރެއާލްއިން ކުރިއަށް އޮތް ސީޒަނަށް ބޮޑު އަގުގައި ފޯވަޑެއް ހޯދުން ހުއްޓާލީ އެމްބާޕޭ އަންނާނެ ކަމުގެ ޔަގީންކަން ދިނުމުންނެވެ. އަދި އޭނާ އަށް 100 މިލިއަން ޕައުންޑް ހޭދަކުރަން ވެސް ރެއާލް އޮތީ ތައްޔާރަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް