Advertisement
ކ. މާލެ
|
14 ޖުލައި 2017 | ހުކުރު 00:18
ރައީސް އަބްދުﷲ ޔާމީން
ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ރައީސް ޔަމީން ސިންގަޕޫރަށް
ރައީސް ޔާމީން ސިންގަޕޫރަށް ފުރާ ވަޑައިގަންނަވައިފި
ކޮން ބޭނުމެއްގައިކަން ކަށަވަރެއް ނުވޭ
ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގަންނަވާފައި ވަނީ 11:30 ގައި އޮތް ސިންގަޕޫރު އެއާރލައިނުން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބުރާސްފަތި ދުވަހުގެ ރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ސިންގަޕޫރަށް ފުރާވަޑާއިގަންނަވާފައި ވަނީ ބުރާސްފަތ ދުވަހުގެ ރޭ 11:30ގައި ސިންގަޕޫރު އެއާލައިންގެ ފްލައިޓުންނެވެ.

ރައީސް އަބްދުﷲ ޔާމީން ސިންގަޕޫރަށް ފުރާ ވަޑައިގަންނަވާފައިވާ އިރު އެމަނިކުފާނު، ސިންގަޕޫރަށް ދިޔަ ސަބަބު ސާފުވެފައެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ޖަވާބު ނުދެއްވުމުގެ ސަބަބުން އެކަމާ ގުޅޭ ގޮތުން ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

ރައީސް ޔާމީން ސިންގަޕޫރަށް ވަޑައިގަންނަވާފައިވާ އިރު މީގެ ދުވަސްކޮޅެއް ކުރިން ވެސް އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންފައި ވެއެވެ.

އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާވާ އިރު މިދުވަސްވަރަކީ ސިޔާސީ ތަފާތު އެކި ބަދަލުތަކެއް އައިސް ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެކެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެސް ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުންވަނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓން ބުރާސްފަތި ދުވަހު ވަނީ ހުކުމް ކޮށްފައެވެ. 

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ތާރީހުގައި ކަޅު ދުވަހެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް