Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 23:26
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ
މުހައްމަދު ޝަރުހާން
ޕާޓީ ބަދަލުކުރުން
އިންތިިޚާބުވީ އެމްޑީޕީއިން، ރުޖޫއަ ވާނީ އެމްޑީޕީއަށް: މުސްތަފާ
އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓުގައި
ޕީޕީއެމްއާ ގުޅިވަޑައިގަތީ 2014 ވަނަ އަހަރު
މުސްތަފާގެ ގޮނޑު ނުގެއްލޭނެ

އިންތިޚާބުވެވަޑައިގަތީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށާއި އެނބުރި ރުޖޫއަ ވެވަޑައިގަންނަވާނީ ވެސް އެމްޑީޕީއަށް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

 

އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބް ކާމިޔާބު ކުރެއްވި މުސްތަފާ މިފަދައިން ވިދާޅުވެފައި މިވަނީ، އިންތިޚާބުވި ޕާޓީން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނިކޮށެވެ.

 

 

އެ ހުކުމް ކޮށްފައިވާ ގޮތުން މުސްތަފާގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. ހުކުމުގައިވާ ގޮތުން އިންތިޚާބުވާ ޕާޓީއަކުން ވަކިވާ، ވަކިކުރާ އަދި ބަދަލުކުރާ މެންބަރުންގެ، މެންބަރުކަމުގެ ގޮނޑި ގެއްލޭނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

 

މުސްތަފާ ޕީޕީއެމްއާ ގުޅިވަޑައިގަތީ 2014 ވަނަ އަހަރުގެ މާޗް 31 ވަނަ ދުވަހު އެވެ. އެއަށްފަހު މިދިޔަ އަހަރުގެ ފަހުކޮޅު ޕީޕީއެމް ދެފަޅިވުމުން މުސްތަފާ އިޚްތިޔާރު ކުރެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނެވެ. 

 

މުސްތަފާ ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމްގައި މަސައްކަތް ކުރައްވަމުން ގެންދެވީ "ކޮންޓްރެކްޓް އުސޫލުން" ނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 ޖުލައި 2017 | ހުކުރު 06:49
ތިމަރޭ
ކަލޭ ރުޖާއަވޭ ގެއަށް. އަހަރުމެންނަށް ދޯކާދީ ލާރިޔާހުރެ ބޫތުކެއީތީ ދެން ރުޖާވާނެކަމެއްނެތް. އެމްޑީޕީގަތިބޭނީ ޕާރޓީއަށް ވަފާތެރިން. ގޮނޑިއަށް ވަފާތެރިންނެއްނޫން.