Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 23:21
ކުނޫޒްގައި ބޭއްވި ޕްރެސް ކޮންޕަރެންސް
ކުނޫޒްގައި ބޭއްވި ޕްރެސް ކޮންޕަރެންސް
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރު މައްސަލަ
ސުޕްރީމް ކޯޓުގެ ހުކުމުން މަސީހުގެ މައްސަލައަށް އަސަރެއް ނުކުރާނެ: ޕާޓީތައް
މަސީހުގެ އިތުބާރުގެ މައްސަލަ ދާނީ ކުރިއަށް
ސުޕްރީމް ކޯޓުގެ ހުކުމް އަންނަނީ ދިރާސާ ކުރަމުން
ރިވިއު ކުރުމަށް ފެނިއްޖެ ނަމަ ސުޕްރީމް ކޯޓަށް ހުށަހަޅާނަން

ސުޕްރީމް ކޯޓުގެ ހުކުމުން މަސީހުގެ މައްސަލައަށް އަސަރެއް ނުކުރާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

މާފަންނު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، ސުޕްރީމް ކޯޓުގެ ނިންމުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށާއި މަޖިގާނސުޕްރީމް ކޯޓުގެ ހުކުމް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަކީލުންގެ ޓީމުން ދިރާސާ ކުރަމުންދާ ކަމަށާއި މި މައްސަލަ ރިވިއު ކުރުމަށް ފެނިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ.

"މި މައްސަަލައިގެ ހުކުމް އަންނަނީ ދިރާސާކުރަމުން. އަލުން އަނބުރާ ރިވިއު ކުރުމަށް ހުށަހަޅަންޖެހިއްޖެ ނަމަ އެ މައްސަަލަ ލޯޔަރުންގެ ޓީމުން ހުށަހަޅާނެ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް މައްސަލަ އަތީ ހަަމަ ކުރިއަށް ކަމަށާއި ގާނޫނުގައި ކަނޑައެޅިފައިވާ ދުވަހަށް ޖަލްސާ ބާއްވައިފި ނަމަ އެ ދުވަހުން ދުވަހަށް މަސީހު މަޤާމުން ވަކި ކުރެވޭނެ ކަމަށެވެ.

 މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމްގައިވާ ގޮތުން ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހުގެ ގޮނޑިއަށް އިންތިހާބުވި، މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަަމަށެވެ.

ރިޔާޒް ވިދާޅުވީ،  ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ތެރެއިން ޕީޕީއެމްގެ ފަރާތްތަކަށް ކާމިޔާބެއް ލިބިފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށާއި  އެގޮތުން މިހާރުވެސް ޕީޕީއެމްގައި ޖުމްހޫރީޕާޓީގެ ޓިކެޓްގައި މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރި މެންބަރުން ތިއްބަވާ ކަަމަށެވެ.

ޕީޕީއެމްގައި ތިބި ޖުމްހޫރީޕާޓީގެ މެންބަރުންވެސް ޖުމްހޫރީ ޕާޓީއާ ގުޅުމަށް ރިޔާޒް ވަނީ ގޮވާލައްވާފަ އެވެ.

"މިކަމާ ގުޅިގެން ވަރަށް ގިނަ މެންބަރުންނާއި ބައްދަލުކޮށް،މީގަ ކިރިޔާވެސް ގެންލުމެއް ލިބިދާނެހެން ހީވާ މެންބަރުންނާ ވެސް ވާހަކަދައްކާފައިވާނެ. މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނީ އެމަނިކުފާނު ގާނޫނު އަސާސީއާ ހިލާފަށް މަޖިލީހުގެ ކަންކަން ހިންގާތީ. އެ މަސައްކަތް ކުރުމަށް ހުރިހާ މެންބަރުންވެސް ހަމަ ތިއްބެވީ. މިއަދު އައި ހުކުމަކުން އެކަމަށް ބަލަދެއްނާދޭ." ރިޔާޒް ވިދާޅުވި އެވެ.

 ރިޔާޒް ވިދާޅުވީ، ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ގައުމު ހެޔޮމަގަށް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ. ރިޔާޒް ވިދާޅުވީ، ސުޕްރީމް ކޯޓުން ކުރި ހުކުމުގެ ސަބަބުން، މެންބަރެއްގެ ގޮނޑި ގެއްލި، ބައި އިލެކްޝަނަށް ދާންޖެހިއްޖެ ހާލަތެއްގައި ގޮނޑި ގެއްލުނު މެންބަރަކު އެމަގާމަށް ގެނައުމަށް ހަތަރު ޕާޓީ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ ޕާޓީއިން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިފަ އެވެ. މި ހުކުމާ އެކު ބުރާސްފަތި ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ އިރު ހުންނަ ޕާޓީއަކުން ވަކިވާ، ވަކިކުރާ އަދި ބަދަލުކުރާ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

ޕާޓީތަކުން ބުނީ ހުކުމާ ގުޅޭ ގޮތުން ގާނޫނީ ވަކީލުން ދިރާސާކުރައްވަމުންދާ ކަމަށާއި އެ ދިރާސާއިން ހުކުން އަލުން ރިވިއުކުރަން ހުށަހަޅަން ހުށަހަޅަން ފެނިއްޖެ ނަމަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް