މަޖިލީހުގެ މެންބަރުންނަށް ގޮނޑި ގެއްލިއްޖެ ނަމަ ގޮނޑި ހޯދާދެއްވާނެ ކަމަށް ކުރީގެ ދެ ރައީސުން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ކޮންމެ މެންބަރަކު އަލުން އެ މަޤާމަށް ހޮވާދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
Rayyithunge haqqu gai masakkaiy kurevvumun gon'di gellijje komme menbaraku alun hovaidhinumah iraadha kurevviyyaa masakkaiy koh dheynan.
— Maumoon Abdul Gayoom (@maumoonagayoom) July 13, 2017
މީގެ އިތުުރުންވެސް ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ރައީސް މައުމޫން ވަނީ އެކަމާ ހިންހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އެގޮތުން ޕާޓީގެ ފިކުރާ ދުރަށް ދިއުމަށް ގޮނޑި ގެއްލޭނެ ނަމަ އެންމެ ފުރަތަމަ ގޮނޑި ގެއްލެން ޖެހޭނީ މިހާރު ޕީޕީއެމްގައި ތިބި މެންބަރުން ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދަކީ މުޅި ރާއްޖޭގެ ޑިމޮކްރަސީއަށް އައި ކަޅު ދުވަހެއް ކަމަށާއި ހުދުމުހުތާރު ވެރިކަން އަބަދުވެސް ފެއިލް ވާނެ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
A black day for democracy in Malidives. No worries. People will always win. Dictatorships will always fail.
— Maumoon Abdul Gayoom (@maumoonagayoom) July 13, 2017
ރައީސް މައުމޫންގެ އިތުރަށް ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވީ މަޖިލީހުގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވުމުން ގޮނޑި ގެއްލިދާނެ ކަމާމެދު ކަންބޮޑުނުވުމަށާއި އެ ގޮނޑި އަބުރާ ހޯދާ ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
Majlis Raees ge ithubaaru neiykamah soi kurevvumun gon'di gellidhaane kamah kanboduve nullavva.Allah ge iraadhafulhun thi gon'di nagadheynan
— Mohamed Nasheed (@MohamedNasheed) July 13, 2017
ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން އެ ކޯޓުން ކުރި ހުކުމްގައި ވަނީ ޕާޓީން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފަ އެެވެ.
މި ހުކުމް ކުރީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ، ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައ ވަނީ ޕާޓީ ބަދަލުކުރުމާ ބެހޭ ގާނޫނެއް ނުވަތަ "އެންޓިޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފަ އެވެ. އަދި އެ ގާނޫނު ފާސްވަންދެން މިއަދުން ފެށިގެން ޕާޓީ އިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ހުށަހަޅާފައިވާ ދުސްތޫރީ މައްސަަލައިގައި ހުކުމްކޮށްފައިވާ އިރު މަޖިލީހުގެ 45 މެންބަރުންގެ ސޮޔައި އެކު މިމަހުގެ 3 ވަނަ ދުވަހު ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލަ ހުށަހަޅާފަ އެވެ.
މި މައްސަލައިގައި ޕީޕީއެމްގެ 11 މެންބަރުން ސޮއި ކުރައްވާފާއިވާ އިރު އޭގެ ތެރެއިން 10 މެންބަރުން ވަނީ އެ ޕާޓީ ވަކިވުމަށް ސިޓީ ހުށަހަޅާފަ އެވެ. މިއާ އެކު މިހާރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ވަނީ ގެއްލިފަ އެވެ.