ކ. މާލެ
|
4 ޖުލައި 2023 | އަންގާރަ 22:08
މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި، އިންޑިޔާގެ ކެޕްޓަން ޗެތުރީ - ފޮޓޯ: ސްޕޯރޓްސްޓާރ
މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި، އިންޑިޔާގެ ކެޕްޓަން ޗެތުރީ - ފޮޓޯ: ސްޕޯރޓްސްޓާރ
ސާފް ޗެމްޕިއަންޝިޕް
ޕެނަލްޓީ ޖަހައިގެން ކުވޭތު ބަލިކޮށް، އިންޑިޔާ ތަށި ދިފާއުކޮށްފި
 
މުބާރާތުގެ މޮޅު ކުޅުންތެރިއަކީ އިންޑިޔާގެ ކެޕްޓަން ޗެތުރީ

ޕެނަލްޓީ ޖަހައިގެން 5-4ން ކުވޭތު ބަލިކޮށް, އިންޑިޔާއިން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ދިފާއުކޮށްފިއެވެ.

އިންޑިޔާގެ ބެންގަލޫރުގެ ކަންޓީރަވާ ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގެ 90 މިނިޓް ހަމަވީ 1-1ން ދެ ޓީމު އެއްވަރުވެގެންނެވެ.

ޕެނަލްޓީގައި އިންޑިޔާއިން ޕެނަލްޓީ ކާމިޔާބުކުރީ ކެޕްޓަން ސުނިލް ޗެތުރީއާއި ސަންޑޭޝް ޖިންގަންއާއި ލަލިއާން ޒުއާލާއާއި ސުބާޝިސް ބޯސޭއާއި ނައޮރެމް މަހޭޝް ސިންގެވެ. އިންޑިޔާއަށް ނާކާމިޔާބުވީ އުދަންތާ ސިންގް ޖެހި ޕެނަލްޓީއެވެ.

ކުވޭތުން ޖެހި ހަ ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ފަވާޒް އަލް އޮތައިބީއާއި އަހުމަދު އަލްދެފިރީއާއި އަބްދުލް އަޒީޒް ނާޖީއާއި ޝަބީބް އަލް ހަލްދީ ޖެހި ޕެނަލްޓީއެވެ. ނާކާމިޔާބުވީ މުހައްމަދު އަބްދުﷲ ދަހަމަ ޖެހި ޕެނަލްޓީއާއި އިންޑިޔާގެ ކީޕަރު ދިފާއުކުރި މެޗުގެ ފަހު ޕެނަލްޓީ ކަމަށްވާ ހާލިދް އަލް އިބްރާހީމް ޖެހި ޕެނަލްޓީއެވެ.

މިއީ އިންޑިޔާ މި މުބާރާތް ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އިންޑިޔާއެވެ. ދެވަނައަށް ދިވެހިރާއްޖެއެވެ. ރާއްޖެ ދެ ތަށި ހޯދިއެވެ.

މި މުބާރާތަކީ، ފެންވަރު ރަނގަޅުކުރުމުގެ ގޮތުން މުބާރާތުގައި ސަރަހައްދުން ބޭރުން ދެ ގައުމު ބައިވެރިކޮށްގެން ކުޅުނު ފުރަތަމަ މުބާރާތެވެ. ކުވޭތު ފައިނަލް ކުޅުނުއިރު އަނެއް ޓީމަކީ ލެބަނަންއެވެ. އެޓީމު ސެމީ ފައިނަލުން ކެޓީ ލެބަނަން އަތުންނެވެ.

މިދިޔަ މަހުގެ 21ން މިއަދުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ އިންޑިޔާގެ ސުނިލް ޗެތުރީއެވެ. މިއީ އޭނާ މުބާރާތުގެ ރަންބޫޓު ހޯދި ތިންވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް