ކ. މާލެ
|
4 ޖުލައި 2023 | އަންގާރަ 16:59
މާސެލޯ ބްރޮޒޮވިޗް
މާސެލޯ ބްރޮޒޮވިޗް
ޓްވިޓަރ
ބްރޮޒޮވިޗް
ބްރޮޒޮވިޗް، ސައުދީގެ އަލް ނަސްރަށް ސޮއިކޮށްފި
 
ބްރޮޒޮވިޗް ވަނީ އިންޓަ މިލާނާއެކު އަށް އަހަރު ހޭދަކޮށްފައި

ކްރޮއޭޝިއާގެ މިޑްފީލްޑަރު، މާސެލޯ ބްރޮޒޮވިޗް އިންޓަ މިލާނުން 18 މިލިއަން ޔޫރޯއަށް ސައުދީ އަރަބިއާގެ އަލް ނަސްރަށް ސޮއިކޮށްފިއެވެ.

އުމުރުން 30 އަހަރުގެ ބްރޮޒޮވިޗްއަށް ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސެލޯނާގެ ޝައުގުވެރިކަން ލިބުނު ނަމަވެސް ކެޓަލޯނިއާގެ ކުލަބުން ވަނީ އަލް ނަސްރުގެ ހުށަހެޅުންތަކާ އެއްވަރުކުރަން ބޭނުން ނުވެފައެވެ.

2015 ވަނަ އަހަރު ޑިނަމޯ ޒަގްރެބްއިން ލޯނެއްގެ ދަށުން އިންޓަ މިލާނަށް ދިއުމަށްފަހު، ފާއިތުވި އަށް އަހަރު އޭނާ ވަނީ އިޓަލީގައި ހޭދަކޮށްފައެވެ. އެ މުއްދަތުގައި އޭނާ ވަނީ 330 މެޗު ކުޅެ 31 ލަނޑު ޖަހާ، އެއް ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށް، ކޮޕާ އިޓާލިއާ ދެ ފަހަރު އުފުލާލާފައެވެ.

އޭނާއަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގެ ރަނަރަޕްކަން ހޯދި ކްރޮއޭޝިއާގެ ސްކޮޑުގައި ހިމެނުނު، އަދި އޭގެ ހަތަރު އަހަރު ފަހުން ގަތަރުގައި ތިންވަނަ ހޯދި ކްރޮއޭޝިއާ ޓީމުގެ ކުޅުންތެރިއެކެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއާ ބްރޮޒޮވިޗް އަލް ނަސްރާ ގުޅުނުއިރު، އޭނާއަކީ ސައުދީ ޕްރޯ ލީގާ ގުޅޭ ޔޫރަޕަށް ނިސްބަތްވާ އެންމެ ފަހުގެ ތަރިއެވެ.

ސައުދީ ޕްރޯ ލީގުގައި ވާދަކުރާ ޓީމުތަކަށް ބަދަލުވާން ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް ކަރީމް ބެންޒެމާއާއި ވުލްވްސްގެ ކުރީގެ މިޑްފީލްޑަރު ރުބެން ނެވޭސްއާއި ޗެލްސީގެ ތިން ކުޅުންތެރިން ކަމަށްވާ ކަލިދޫ ކުލިބާލީއާއި އެންގޯލޯ ކާންޓޭ އަދި އެޑުއާޑް މެންޑީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް