Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 22:14
މެންބަރު އިލްހާމް: ޕީޕީއެމަކަށް ނުދާނަން
މެންބަރު އިލްހާމް: ޕީޕީއެމަކަށް ނުދާނަން
އަޒުމޫން އަހުމަދު
މެމްބަރު އިލްހާމް
ޕީޕީއެމަށް ގޮސްގެން ހިމާޔަތް ކުރަން ޖެހޭ ގޮނޑިއެއް ނޯންނާނެ:އިލްހާމް
ކޮންމެ މީހަކާވެސް ޤާނޫން އަރާ ހަމަކުރާނެ
ގޮނޑި ގެއްލުނަސް އަދި މަޖިލީހަށް އަންނާނަން

ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ނިންމު ނިންމުން ބަދަލެއް ނުކުރައްވާނެ ކަމަށާއި ޕީޕީއެމަށް އެނބުރި ވަޑައިނުގަންނަވާނެ ކަމަށް އެޕާޓީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިހެން ވިދާޅުވީ ޕާޓީން ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެންބަރުން އަނބުރާ ޕީޕީއެމަށް ވަޑައިގެންނެވުމަށް އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އަހުމަދު ނިހާން ގޮވާލެއްވުމަށް ރައްދު ދެއްވާ ރާއްޖެ ޓީވީގެ 60 މިނެޓަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އިލްހާމް ވިދާޅުވީ އޭނާގެ ނިންމެވުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި ވަޑައިގަންނަވާނީ ކުރިއަށް ކަމަށެވެ. އަދި ރައްޔިތުންގެ ޙައްގުގައި ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމަށާއި ޕީޕީއެމަށް ގޮސްގެން ހިމާޔަތް ކުރަން ޖެހޭ ގޮނޑިއެއް ނޯންނާނެ ކަމަށެވެ.

"ހީފުޅު ނުކުރައްވާތި ނިހާން ގޮވާލެއްވިއަސް ދާކަށް ގަސްދެއް ނުކުރަން. މި ޑެސިޝަން ނެގީ ރައްޔިތުންނަށް ޓަކައި. އެރައްޔިތުންގެ ޙައްގުގައި.މިައަދުވެސް އެރައްޔިތުން ބުނަނީ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުންނާއި ހިތުހުރި ގޮތަކަށް ޤާނޫންތައް މާނަކޮށް ކަންކަން ކުރަމުންދާތީ ރައްޔިތުން ޤަބޫލެއް ނުކުރޭ އެކަން ކުރާކަށް އެތާ ހުންނާކަށް. ހަމަގައިމުވެސް ޕީޕީއެމަށް އެނބުރިގޮސް ހިމާޔަތް ކުރަން ޖެހޭ ގޮނޑިއެއް ނޯންނާނެ،" އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ސުޕްރީމް ކޯޓުން ކަންކުރެއްވި ގޮތް ރާއްޖޭގެ ރައްޔިތުން ތިބީ ބަލަން ކަމަށާއި ސުޕްރީމް ކޯޓަކީ ފަހުބަސް ބުނާ ތަންކަމަށްވީނަމަވެސް ރައްޔިތުންގެ ނިންމެވުން އަދި ނިންމާނެ ކަމަށެވެ. އަދި ކޮންމެ މީހަކާ ޤާނޫން އަރާ ހަމަކުރާނެ ކަމަށާއި ކޮންމެވެސް ދުވަހަކުން އެކަން ވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 ޖުލައި 2017 | ހުކުރު 07:04
ހޫނުފެން
އަހަރެމެނަށް ހޫނުފެނުން ބިރުދެއްކީތީވެސް ކަލެއަކަށް ވޯޓެއްނުދޭނަން
14 ޖުލައި 2017 | ހުކުރު 00:01
Bulbul
Ma hama antharees vejje alhe meekaakutha ladhuge kanfulhehvves nethee dhoa
13 ޖުލައި 2017 | ބުރާސްފަތި 23:10
ޛާލިފް
އިލްހާމް ސާބަހޭ... ގައުމު އަބަދުވެސް ކުރިއަށް
13 ޖުލައި 2017 | ބުރާސްފަތި 23:10
އާދިލް
އިލްހާމް ގޮނޑި ގެއްލުނަސް އޯކޯ.. މިދާއިރާއިން ސާފު މެޖޯރިޓީއާއިއެކު ނަގައިދޭނަން
13 ޖުލައި 2017 | ބުރާސްފަތި 23:10
މުހައްމަދު ގައދޫ
އިލްހާމަކީ ސިޔާސީ މައިދާނަށް ނުކުތް ދުވަހުން ފެށިގެން ދިވެހި ގައުމުގެ ހައްގުގައި ވަރަށް މުހިންމު ނިންމުންތަކެއް ނިންމަވާ، ގައުމުގެ ހައްގުގައި ވަރަށް ބޮޑަށް ވަކާލާތުކުރައްވާ ބޮޑު ގުރުބާނީއެއްވާ ބޭފުޅެއް.. ސާބަހޭ އިލްހާމް
13 ޖުލައި 2017 | ބުރާސްފަތި 23:09
- ތިނަދޫ ދެކުނު ދާއިރާ އަބުޅޯ
އިލްހާމް ގޮނޑި ގެއްލުނަސް އޯކޯ.. މިދާއިރާއިން ސާފު މެޖޯރިޓީއާއިއެކު ނަގައިދޭނަން
13 ޖުލައި 2017 | ބުރާސްފަތި 23:09
ދުވާފަރު މުޙައްމަދު
އިލްހާމް އަހްމަދަކީ ދިވެހި ގައުމަށް ވަފާތެރިއެއް
13 ޖުލައި 2017 | ބުރާސްފަތި 23:08
އާދަމްކޮއެބެ، ނ.ވެލިދޫ
އިލްހާމަކީ ހީރޯއެއް
13 ޖުލައި 2017 | ބުރާސްފަތި 22:39
އިލްހާމް
އިލްހާމަކީ ގަދަ ބޭފުޅެއް