Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 21:20
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު
އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު
ގޫގުލް
މެންބަރުންްގެ ގޮނޑިގެއްލުން
މިހާރު އެ ޖެހީ ޑިކްޓޭޓަރުގެ ފަހު ކާޑު: އަލީ ޒާހިރު
ސްޕްރީމް ކޯޓްގެ މި ނިންމުމާއި ގުޅިގެން މުޅި ސޯޝަލް މީޑިއާދަނީ އުތުރި އަރަމުން
އަލީ ޒާހިރު ވިދާޅުވަނީ، މެޖޯރިޓީ ރައްޔިތުންގެ ކުރިމަތީގައި ޑިކްޓޭޓާއަކަށް ނުހިފެހެއްޓޭނޭކަމަށް
މިއަދު އެ ޖެއްސެވީ ޑިކްޓޭޓާގެ ފަހުކާޑު

މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައެޅުމަކީ، ޑިކްޓޭޓަރުގެ ފަހު ކާޑުކަމަށާއި، ގުޅިފައިވާ ޕާޓީތަކުގެ ކާޑުތައް ހުރީ ކުރިއަށް ކަމަށް ގާނޫނީ ވަކީލް އަދި، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

 

ޕާޓީއިން ވަކިވުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކަނޑައެޅުމާއި ގުޅިގެން އިިދިކޮޅު ފަރާތްތަކާއި އަދި މި ސަރުކާރާއި ދެކޮޅު ފަރާތްތަކުން މުޅި ސޯޝަލް މީޑިއާގައި ދަނީ އެކި ޝުއޫރުތަކާއެކު އުތުރި އަރަމުންނެވެ.

 

ގާނޫނީ ވަކީލު އަލީ ޒާހިރު ބުރާސްފަތި ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މެޖޯރިޓީ ރައްޔިތުންގެ ކުރިމަތީގައި، ޑިކްޓޭޓަރ އަކަށް މާގިނަ ދުވަހަކު ނުހިފެހެއްޓޭނޭކަމަށެވެ.

 

އޭނާ ވިދާޅުވިގޮތުގައި، މިއަދު އެ ޖެއްސެވީ ޑިކްޓޭޓާގެ ފަހުކާޑެވެ. އަދި އެބޭފުޅުންގެ ކާޑުތައް އަދި ހުރީ ކުރިއަށް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

މެންބަރުން ޕާޓީން ވަކިވުމުން ގޮނޑިގެއްލޭގޮތަށް ހުށައެޅި މައްސަލައިގައި ސުޕްރީމް ކޯޓުން ނިންމި ހުކުމުގައި ވަނީ "އެންޓި ޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފައެވެ. އަދި އެ ގާނޫނު ފާސްވަންދެން މިއަދުން ފެށިގެން ޕާޓީއިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރަށް މެންބަރަކު ޕާޓީއިން ވަކިވެއްޖެ ކަމަށް ބަލާނީ، ޕާޓީއިން ވަކިވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކު ޕާޓީއިން ވަކިކުރުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

 

ސަރުކާރުން މި މައްސަލަ ހުށަހަޅާފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް، ސަރުކާރުން ހިންގާ ޕީޕީއެމްގެ 11 މެންބަރަކު ހިމެނޭ ގޮތަށް، ޖުމްލަ 45 މެންބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. މީގެ އިތުރުން، މައްސަލަ ހުށަހަޅާފައި މިވަނީ މަސީހުގެ އިތުބާރުގެ ގަރާރުގައި ސޮއިކުރެއްވި މެންބަރުންތައް ޕީޕީއެމުން ވަކިވަމުންދާ ދަނޑިވަޅެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
14 ޖުލައި 2017 | ހުކުރު 22:46
މަރީ
ނޫން އަދި އެއްކާޑު ވެއްޖެ ކަދުރު ހުސްކުރި ފޮއްޓަކަށް ލާފަ ގޭގަ. ވަރަށް ހުތުރުވާނެ ހެން ހީވަނީ މިހާރު އުދަ ދަމައިގަތީމަ
13 ޖުލައި 2017 | ބުރާސްފަތި 23:13
Mod
Ehme fahuge dictate kee mee na kama ehbas vehje