Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 20:59
މެންބަރު ސިނާން: ސްޓޭންޑް ބަދަލެއް ނުކުރާނަން
މެންބަރު ސިނާން: ސްޓޭންޑް ބަދަލެއް ނުކުރާނަން
އަވަސް
މެންބަރު ސިނާން
ޕީޕީއެމްގެ ދައުވަތެއް ގަބޫލެއް ނުކުރަން، އެ ޕާޓީއަށް ގޮސްގެން ދިފާއުކުރާނެ ގޮނޑިއެއް ނެތް:މެންބަރު ސިނާން
ސުޕްރީމް ކޯޓުގެ ނިޔާއަކީ އަނިޔާއެއް
މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ
ރައްޔިތުންގެ މައްޗަށް ބާރު އަންނަމުންދާތަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް

ވެރިކަން ކުރާ މައި ޕާޓީ ޕީޕީއެމަށް ގޮސްގެން ދިފާއުކުރާނެ ގޮނޑިއެއް ނެތް ކަމަށާއި ޕީޕީއެމުން ހުޅުވާލި ދައުވަތު ޤަބޫލު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޯޅީ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ޝިނާން ވިދާޅުވެއްޖެވެ.

ޝިނާން މިހެން ވިދާޅުވީ ޕާޓީން ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައި ވަނިކޮށް ޕީޕީއެމުން ވަކިވެވަޑައިގެންނެވި މެންބަރުން އަނބުރާ ޕީޕީއެމަށް ވަޑައިގެންނެވުމަށް އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރ އަހުމަދު ނިހާން ގޮވާލެއްވުމަށް ރައްދު ދެއްވާ ރާއްޖެ ޓީވީގެ 60 މިނެޓަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ސިނާން ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ނިޔާއަކީ އަނިޔާއެއް ކަމަށާއި މިކަމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީއަށް ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ. މިކަމުގެ ސަބަބުން މަޖިލީހުގެ މެންބަރުންނަށް ލިބިދޭ ބާރުތަކާއި އިޚްތިޔާރުތައް އެދަނީ ހަނިވަމުން ކަމަށެވެ. މިފެންނަނީ އެކަން އެކި ސިފަސިފައިގައި ކުރެވެމުންދާތަން ކަމަށާއި މިކަމަކީ ދިވެހި ރައްޔިތުންނަށްވެސް ދިވެހި ދައުލަތައްވެސް އެންމެ ފައިދާހުރި ގޮތްކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ބޭރުކުރުމަށް ސޮއިކުރައްވާފައިވާ އަދި ޕީޕީއެމުން ވަކިވެވަޑައިގަންނަވާފައިވާ ސިނާން ވިދާޅުވީ މި ހުކުމް ކުރިކަމުގައިވީނަމަވެސް އޭނާގެ ނިންމެވުން  ބަދަލު ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުގެ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެ. އަޅުގަނޑުގެ ސްޓޭންޑަށް ބަދަލު ގެނެވޭނެ އެއްވެސް މީހަކު ނުވެސް ހުންނާނެ. އަޅުގަނޑު މިއިސްލާހީ މަސައްކަތް އަޅުގަނޑު މިފެށީ އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި މިއަށްވުރެ ވަކި ރަނގަޅު އެހެންގޮތެއް ނެތަކްމަށް އަޅުގަނޑުގެ ހެޔޮ ބުއްދިއަށް ޤަބޫލް ކުރެވޭތީ. އަދި އަޅުގަނޑުގެ ދާއިރާއަށްވެސް އަޅުގަނޑުމެންގެ ރައްޔިތުންނަށްވެސް އަދި ޖުމްލަކޮށް ހުރިހާ ރައްޔިތުންނަށްވެސް އެނެްމެ ފައިދާހުރި ގޮތަކީ އެއީކަމަށް އަޅުގަނޑަށް ފެންނާތީ. އަޅުގަނޑުގެ ގޮނޑި ގެއްލުނު ކަމުގައި ވިއަސް އަޅުގަނޑު ވޯޓު ދޭނީ މަސީހާ ދެކޮޅަށް" ސިނާން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ނިންމެވުމަކީ ސަރުކާރަށް ލިބުނު ކާމިޔާބެއްކަމަށް ބުނެ އުފާފާޅު ކުރަމުންދާއިރު މިއީ އުފާ ކުރާވަރުގެ ކަމެއްތޯ ދެންނެވުމުން ސިނާން ވިދާޅުވީ ކޮންމެ ފުޓްބޯޅަ މެޗެއްގައި މޮޅުވުމާއި ދެރަވުން އޮންނާނެ ކަމަށާއި މއީ އިސްލާހަށް މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މި ކާމިޔާބަކީ ހިތްވަރު. ﷲގެ އިރާދަފުޅާއެކު އެކަލާންގެ ވާގިފުޅާއެކު މިހިތްވަރުގައި ދެމިތިބޭނަން. އަދި ކިތަންމެ އުފާފާޅުކުރިކަމުގައި ވިއަސް އަޅުގަނޑަށް ފެންނަ ތާންގާ އެއީ ހަމަ ވަގުތީ ކަމެއް. ދިވެހިރާއްޖޭގެ ތާރީޚް ބެއްލެވީމަ ފަތްފުށްތަކުން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ރައްޔިތުންގެ މައްޗަށް ބާރު އަންނަމުންދާތަން. އަދި މިހާތަނަށް އެކަން ހިނގާފައި އޮތީ އެމަގުން،" އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 ޖުލައި 2017 | ބުރާސްފަތި 23:44
ކުޑަ ކަތީބު
Saabahey