Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 20:12
ރައީސް މައުމޫން: ރައީސް ޔާމީނަށް ކުރައްވާފައިވާ ތާއީދު ވަނީ އަނބުރާ ގެންދަވާފައި
ރައީސް މައުމޫން: ރައީސް ޔާމީނަށް ކުރައްވާފައިވާ ތާއީދު ވަނީ އަނބުރާ ގެންދަވާފައި
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު
ކަންބޮޑުވެ ނުލައްވާ، ޚުދުމުޚުތާރު ވެރިކަން ނިމި ރައްޔިތުން މޮޅުވާނެ: ރައީސް މައުމޫން
ރައްޔިތުންނަށް ކާމިޔާބު ވާނެ
ކަންބޮޑު ވާނެ ކަމެއް ނެތް
ހުދުމުޚްތާރު ވެރިކަން އަބަދުވެސް ފެއިލްވާނެ

ރައީސް ޔާމީނަކީ ހުދުމުޚްތާރު ވެރިއެއްގެ ގޮތުގައި ރައީސް މައުމޫން ޢަބްދުލް ޤައްޔޫން ސިފަ ކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބު ހުށަހެޅުއްވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީއަށް އައި ކަޅު ދުވަހެއް ކަމަށާއި އެހެންނަމަވެސް ކަންބޮޑު ނުވުމަށެވެ. އަދި ރައްޔިތުންނަށް ކާމިޔާބު ލިބޭނެ ކަމަށާއި ހުދުމުޚްތާރު ވެރިކަން އަބަދުވެސް ފެއިލް ވެގެންދާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ޕާޓީ ބަދަލުކުރުމާ ބެހޭ ގާނޫނެއް ނުވަތަ "އެންޓިޑިފެކްޝަން ގާނޫނެއް" ވުޖޫދަށް ގެނައުމަށް އެންމެހާ ކަމާގުޅޭ ފަރާތްތަކަށް އަމުރުކޮށްފައެވެ. އަދި އެ ގާނޫނު ފާސްވަންދެން ބުރާސްފަތި ދުވަހުން ފެށިގެން ޕާޓީ އިން ވަކިވާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ. މީގެ އިތުރަށް މެންބަރަކު ޕާޓީ އިން ވަކިވެއްޖެ ކަމަށް ބަލާނީ، ޕާޓީ އިން ވަކިވުމަށް އެދި ޕާޓީގެ އޮފީހަށް ސިޓީ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން އެ މެންބަރަކު ޕާޓީ އިން ވަކިކުރުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
13 ޖުލައި 2017 | ބުރާސްފަތި 20:48
ހިނިއަންނަނީ
މައުމޫނު ޖޯކު ވިދާޅުވާން ފެއްޓެވީތޯ
13 ޖުލައި 2017 | ބުރާސްފަތި 20:46
ނަފީސާ
މައުމޫނުފަދަ ބޭކަނބަޅެއް މިކަހަޅަ ރިހަ ވާހަކަ ދައްކާތީ ހިނިއަންނަނީ. ތިރީސް އަހަރުގެ ހުދުމުހުތާރު ވެރިކަމަކުން ގަދަކަމުން ދުރުކުރީމަ ހުދުމުހުތާރަށް ގޮވަން ޅަދުގަންނަންޖެހޭ
13 ޖުލައި 2017 | ބުރާސްފަތި 20:42
ޖަނާ
މައުމޫނު އައްވުރެ ހުދުމުހުތާރުކޮން ވެރިކަން ކުރި މީހަކު ނުދެކެން . މިކަހަޅަ ވާހަކަ މައުމޫނު ދައްކާތީ އަންނަނީ ހިނި
13 ޖުލައި 2017 | ބުރާސްފަތި 20:42
މަގޫދޫ
ހުކުން ވަރަ //ގޯސް(ވަކިފިކުރަކައް ހުސްވެފައި
13 ޖުލައި 2017 | ބުރާސްފަތި 20:40
Hoodhu
Lol. Miyoh kameh. Maumoonu ves joke kiyaatha mihaaru