ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 20:01
ސުޕްރީމް ކޯޓު: ސަރުކާރުން ހުށަހެޅި ގޮތައް ވަނީ ހުކުމްކޮށްފައި
ސުޕްރީމް ކޯޓު: ސަރުކާރުން ހުށަހެޅި ގޮތައް ވަނީ ހުކުމްކޮށްފައި
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓް
ހުކުމާއެކުވެސް ހިތްވަރު ބަލިނުވާކަން ޝުއޫރުތަކުން ހާމަވެއްޖެ
މިއީ ކަޅު ދުވަހެއް
މިއީ މަރަށް ތެޅޭ ނަފްސު ސަލާމަތް ކުރުމުގެ ފިޔަވަޅެއް
ފަނޑިޔާރަކު ޤާނޫން އަސާސީ ބަދަލުކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ

ދައުލަތުގެ ބަންޑާރަނައިބު ހުށަހެޅުއްވި ގޮތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއެކުވެސް ހިތްވަރު ބަލިނުވާކަން ޝުޢޫރުތަކުން ހާމަވެއްޖެއެވެ.

އެކަން ހާމަވެފައިވަނީ ސުޕްރީމް ކޯޓުން ކުރި ހުކުމަށްފަހު ކޮށްފައިވާ ޓްވީޓް ތަކުންނެވެ.

އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ޙަޔާތުގައި ކަޅު ދުވަހެއް ކަމަށެވެ.

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ސިފަކުރެއްވީ މަރަށް ތެޅޭ ނަފްސު ސަލާމަތް ކުރުމުގެ ފިޔަވަޅެއް ކަމަށާއި ތޮބީއަތާ ދެކޮޅު މިފަދަ ކަންކަން ސަޅިކޮށް ވަރަށް އަވަހަށް ފުނޑުފުނޑުވެގެން ދާނެ ކަމަށެވެ.

ދީނީ އިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވީ "ވަރިކޮށްފަ ވަރި ނުކުރަމޭ ބުންޏަސް ވަރި ނުވާކަމަކަށް ނުވާނެ ކަމަށާއި ޕާޓީން ވަކިކުރީމަ އެވަނީ ވަކިވެފައި ކަމަށެވެ."

ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ "ފަނޑިޔާރަކުޤާނޫން އަސާސީ ބަދަލުކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ."

ސުޕްރީމް ކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ "ޑިފެކްޝަން ޤާނޫނަކަށް ބޭނުންވާ ބަދަލުތައް ޤާނޫން އަސާސީއަށް ނުގެނެސް ޑިފެކްޝަން ޤާނޫނެއް ނުހެދޭނެ ކަމަށާއި ޑިފެކްޝަން ޤާނޫނަކަށް ޤާނޫން އަސާސީން މިހާރު ތަން ނުދޭ"ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ ކާމިޔާބާއި ނަސްރު އޮތީ ވަރަށް ގާތުގައި ކަމަށާއި ހަޤީގަތަކީ އެއީ ކަމަށެވެ.

"ހިތްވަރޭ ހިތްވަރޭ ގައުމީ ޓީމަށް ހިތްވަރޭ. ކާމިޔާބާ ނަސްރު އޮތީ ގާތުގައި ދިސް އިސް ރިއަލިޓީ" އިލްހާމް ވިދާޅުވިއެވެ.

 

- ކޮމެންޓް
14 ޖުލައި 2017 | ހުކުރު 00:22
ޖާނޭ
ހަނދާނަށާ އަންނަނީ މުހައްމަދު އަމީނު ހަވަރަށް ދިން ދުވަސް. . ބުނެއުޅޭ ތާރީޚަކީ އިއާދަވާއެއްޗެކޭ